އަރަބިދުނިޔެ މައްކާގެ ހުކުރު ޚުތުބާ މިޞްރުގެ ޙާލަތާއިމެދު ޙާއްޞަކުރެއްވުމަށް މިޞްރުގެ ފުޓްބޯޅަ ތަރި އަބޫ ތުރައިކާ އެދިއްޖެ

މައްކާގެ ހުކުރު ޚުތުބާ މިޞްރުގެ ޙާލަތާއިމެދު ޙާއްޞަކުރެއްވުމަށް މިޞްރުގެ ފުޓްބޯޅަ ތަރި އަބޫ ތުރައިކާ އެދިއްޖެ

މައްކާގެ ހުކުރު ޚުތުބާ މިޞްރުގެ ޙާލަތާއިމެދު ޙާއްޞަކުރެއްވުމަށް މިޞްރުގެ ފުޓްބޯޅަ ތަރި އަބޫ ތުރައިކާ އެދިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ މަޝްހޫރު ފުޓްބޯޅަ ތަރި މުޙައްމަދު އަބޫ ތުރައިކާ މައްކާގެ ޙަރަމުފުޅުގެ އިމާމު ގެ އަރިހުން މިއަންނަ ހުކުރުދުވަހުގެ ޚުތުބާ މިޞްރުގެ ޙާލަތާއިމެދު ޙާއްޞަކުރެއްވުމަށް އެދިއްޖެއެވެ.

މިޞްރުގެ ސެކިއުލަރ ފަރާތްތަކާއި އެ ޤައުމުގެ ނަޞާރާ ފައްޅިތަކާއި އަދި މުބާރަކުގެ އެން.ޑީ.ޕީ ޕާޓީ އިސްވެ އޮވެގެން " އައްދަމަރުދު" ( ނުކުޔަމަންތެރިކަން) ނަމުގައި މިދިޔަ އާދިއްތަ (3-6-2013) ދުވަހުށްފެށިގެން އެޤައުގެ އިސްލާމީ ޢުޞޫލުތައް ދެމެހެއްޓުމަށް ގޮވާލާ ފަރާތަކާއި އަދި ރައީސް މުރުސީގެ ސަރުކާރާ ދެކޮޅަށް އަންނަނީ ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް ކުރަމުންނެވެ. ނަމަވެސް މިޞްރުގެ އެކި ސަޙަރުތަކުގައި އަންނަނީ އިސްލާމީ ޝަރިއްޔަތަށައި ރައީސް މުރުސީއަށް ތާއިދުކޮށް ސުލުޙަވެރި އެތަށް އެއްވުމްތަކެއް ބާއްވަމުންނެވެ. އަދި މިޞްރުގެ ފާހަގަކޮށްލެވޭ މަޝްޙޫރު ޝަޙްސިއްޔަތު ތައްވެސް އަންނަނީ މުރުސީ އަށް ތާއިދުކުރާކަށް ހާމަކުރަމުންނެވެ.

މިގޮތުން ޢަރަބިދުނިޔެއާއި އަދި އެފްރިކާގެވެސް މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ މިޞްރުގެ އަލްއަހްލީ ކުލަބުގެ ތަރި އެޤައުމުގެ މުޙައްމަދު އަބޫ ތުރައިކާ ވަނީ މުރުސީ އަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އަދި މިހާރު މިޞްރުގައި ހިގަމުން އަންނަ މުޒާހަރާތަކަކީ ޝަރިއްޔަތް "މަރާލުމަށް" ކުރަމުން އަންނަ ކަމެއްކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

އަބޫ ތުރައިކު އޭނާގެ ޓުވިޓާރ ގައި ލިޔެފައިވެއެވެ." އޭ އެންމެހާ މިޞްރުގެ ރައްޔިތުންނޭ! އަހަރެމެން ތިރީސް އަހަރުވަންދެން އިންތިޒާރުކުރަމުން އައި "ޝަރިއްޔަތް" މަރާލުމަކީ ބުއްދިވެރިކަމެއްތޯ؟". އަނެއްކޮޅުން އަބޫ ތުރައިކާ ވަނީ އަންނަ ހުކުރުގެ ޚުތުބާ މިޞްރުގެ ޙާލަތަށް ޚާއްޞަކުރުމަށް މައްކާގެ މާތްޙަރަމުފުޅުގެ އިމާމު އައްޝެއިޚް ޢަބްދުރަޙްމާނު އައްސުދައިސްގެ އަރިހުން އެދިވަޑައިގަންފައެވެ.

އަބޫ ތުރައިކާ އަކީ ދީންވެރި އަދި އަޚްލާޤު ރަނގާޅު ކުޅުންތެރިއެކެވެ. އަދި މިޞްރުގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިރު އޭނާ އަކީ ވޭތުވެދިޔަ ދިހަ އަހަރު ޢަރަބި ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ. އަދި މުރުސީ އަށް ތާއިދުކޮށް މިދިޔަ ހުކުރުދުވަހުށްފެށިގެން "ރާބިޢަތުލް ޢަދަވީ" އޭކިޔޭ މައިދާނުގައި ހިގަމުން އަންނަ ސުލުހަވެރި އެއްވުމުގައި އަބޫ ތުރައިކާ ވަނި ބައިވެރިވެފައެވެ. އަދި އޭނާގެ ކުލަބު "އަލް އަހުލީ" ގެ ގޯލަ ކީޕަރު ޓުރޭނަރ އަބޫ ސުލައިމާން ވެސް ވަނީ މުރުސީ އަށް ތާއިދުކުރާކަށް ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.