މިޞްރުގެ ލާދީނީ ޕާޓީތަކުން އެކުވެގެން އުފައްދާފައިވާ ޙަރަކާތްތަކުން އިސްނަގައިގެން އެޤައުމުގެ އިންތީޚާބީ ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކުން އިހްވާނުލް މުސްލިމީންގެ ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލަން ފުރުޞަތު ނުދޭނެކަމަށް މިސްރުގެ އިސްލާމީ ސިޔާސީ ޕާޓީއެއް ކަމުގައިވާ އައްނޫރު ޕާޓީއިން ބުނެފިއެވެ.
އައްނޫރު ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އެޕާޓީގެ ރައިސްގެ އެހީތެރިޔާ ނާދިރު ބައްކާރު ވިދާޅުވީ މިސްރުގެ ސަރުކާރާ އެޕާޓީއާއި މެދު ޚިޔާލު ތަފާތު ވުންތަކެއް ހުއްޓަސް، މިޞްރުގެ ދިނާސިޔާސަތުވަކިކުރާ ސެކިއުލަރ ފިކުރުގެ ފަރާތްތަކާއި އަދި ހައްދެއް ހަމައެއްނެތް މިނިވަކަމަށް ދަޢުވާކުރާ ލިބަރަލު ފިކުރުގެ ލާދީނީ މީހުންނާއި ކުރީގެ ވެރިކަމުން މުއްސަދިވެފައިތިބި ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ޙަރަކާތުން މިޞްރުގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އައްނޫރު ޕާޓީއިން ފުރުޞަތު ނުދޭނެކަމަށެވެ.
"އަޅުގަނޑުމެން ޕާޓީއާއި އިޚްވާނުލްމުސްލިމީން އަދި އެޖަމާޢަތަށް ނިސްބަތްވާ ރައިސް މުޙައްމަދު މުރުސީ އާއިދެމެދު ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް އަޅުގަނޑުމެން މަސައްކަތް ކުރާނީ މުރުސީގެ ވެރިކަށް ފުރިހަމަކޮށް ދަމަހައްޓަށް. އަދި 30 ޖޫން ގައި އެމަނިކުފާނުގެ ވެރިކަށް ވައްޓާލަށް ގޮވާލާ ގޮވާލުންތަކާއި އަޅުގަނޑުމެން ދެކޮޅުހަދަން" ނާދިރު ވިދާޅުވިއެވެ.
ނާދިރު އިތުރަށް ވިދާޅުވީ މުރުސީގެ ވެރިކަމަކީ 2011 ވަނަ އަހަރު ޖަނަވަރީ މަހު މިޞްރުގައި ކުރެވެނު އިޙްތިޖާޖުތަކުގެ މޭވާއެއްކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...