އޭޝިއާދުނިޔެ

ސަލާމަތާއި ގުޅުން ހުރި އެއްވެސް ކަމެއްގައި އެމެރިކާއާއެކު މަޝްވަރާ ނުކުރާނެ: އަފްޣާން ސަރުކާރު

ސަލާމަތާއި ގުޅުން ހުރި އެއްވެސް ކަމެއްގައި އެމެރިކާއާއެކު މަޝްވަރާ ނުކުރާނެކަމަށް އަފްޣާން ސަރުކާރުން ބުނެފިއެވެ.

ސަލާމަތީ އެއްވެސް ކަމެއްގައި އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމުގައި ފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީގެ ތަރުޖަމާނު އައިމަލް ފާއިޒީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިވަގުތު އެމެރިކާއާއެކު މަޝްވަރާ ނުކުރަން ނިންމީ "އެމެރިކާގެ ވާހަކަތަކާއި އަމަލުތައް ހުރި ގޮތުން"ކަމަށެވެ. އެކަމުގެ ސަބަބު ބަޔާން ކުރައްވާ ތަރުޖަމާނު ވިދާޅުވެފައިވަނީ "އެމެރިކާ ސަރުކާރާއި އެކު މަޝްވަރާތަކަށް ދިއުން މެދުކަނޑާލަން ނިންމާފައިވަނީ، އެޤައުމުގައި ހަރަކާތްތެރިވަމުންދާ ޠާލިބާން މުޖާހިދުންނާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ސުލްހައިގެ މަޝްވަރާތަކާއި ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ ވިސްނުމާއި ފިކުރު ބަދަލުވަމުންދާތީ"ކަމަށެވެ.

މީގެ ދެތިން ދުވަސް ކުރިން ޤަތަރުގެ ދަވްޙާގައި ހުޅުވާފައިވާ ޠާލިބާނުންގެ ރަސްމީ އޮފީސްހުޅުވުމާއެކު ފުރަތަމަ ކަރްޒާއީވަނީ އަފްޣާނިސްތާނުގެ ސަރުކާރުން ޠާލިބާނުންނާއެކު ޞުލްޙާއިގެ ވާހަކަތަކުގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އޮފީސް ހުޅުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޠާލިބާނުން ތަމްސީލުކުރުމަށް ހުޅުވި އޮފީހާބެހޭގޮތުން ކަރްޒާއީގެ ސަރުކާރުންވަނީ ނުރުހުން ފާޅުކޮށްފިއެވެ. ސަބަބަކަށްވީ އެއޮފީސް ހުޅުވުނީ އަފްޣާން އިސްލާމީ އިމާރާތުގެ އޮފީހުގެ ނަމުގައި ކަމަށްވާތީއެވެ. އެނަމަކީ ސެޕްޓެމްބަރ 11ގެ ޙާދިސާއާގުޅިގެން އެމެރިކާއިން އަފްޣާނިސްތާނަށްއަރައި އެތަން އިސްތިޢުމާރުކުރިއިރު އެތަނުގައިއޮތް ޤާނޫނީ ސަރުކާރުން ޣާނިސްތާނުގެ ދައުލަތުގެ ނަމުގައި ބޭނުންކުރަމުންއައި ނަމެވެ. އަދި އެއޮފީހުގައި ނަގާފައިވަނީ އަފްޣާން އިސްލާމީ އިމާރާތުގެ ދިދައެވެ. ޠާލިބާނުން ގަބޫލުކުރާގޮތުގައި އަފްޣާނިސްތާނުގައި ޤާނޫނީ ސަރުކާރެއްއޮއްވައި އެމެރިކާއިން އެތަން އިސްތިޢުމާރު ކުރުމަށްފަހު އެމެރިކާ ބޭނުންގޮތަކަށް އެކުލަވާލާފައިވާ ސަރުކާރަކީ ޞައްޙަ ސަރުކާރެއް ނޫނެވެ. އެހެން ކަމުން ޠާލިބާނުން ގަބޫލުކުރާ ޤާނޫނީ ސަރުކާރަކީ އަދިވެސް އަފްޣާން އިސްލާމީ އިމާރާތެވެ.

ކަރްޒާއީގެ ސަރުކާރުން ރުޅިވެރިކަން ބޮޑުވެފައިމިވަނީ ދަވްޙާގައި ހުޅުވުނު މިއޮފީހަކީ އެމެރިކާގެ ފުރިހަމަ ތާއީދާ އެއްބާރުލުމާއެކު ހުޅުވިގެންދިޔަ އޮފީހަވަށްވެފައި އެނަމުގައި އެއޮފީސް ހުޅުވި އެމެރިކާއާ ޠާލިބާނުންގެ ޞުލްޙައިގެ ވާހަކަތައް ފެށުމަކީ ޠާލިބާނުންނަށް ޤާނޫނީ ޙައިސިއްޔަތެއް ދިނުންކަމަށް ގަބޫލު ކުރވޭތީއާ ޠާލިބާނުންނާ ދޭތެރޭ އެމެރިކާއިން ގެންގުޅުނު ހަރުކަށި ވިސްނުން ބަދަލުވެފައިވާކަމަށް ފެންނާތީއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އަފްޣާނިސްތާނަށް އަރާތިބި ބޭރުގެ ބާރުތަކާ ދެކޮޅަށް ޠާލިބާނުން ކުރި ހަނގުރާމައިގާ އެމެރިކާއާ ނޭޓޯއަށްވަނީ ބޮޑެތި ގެއްލުންތަކެއްވެ އެތަން ސިފައިންނެއް މަރުވެފައެވއެ. އެހެން ކަމުން މިހާރުވަނީ މަޤޞަދު ޙާޞިލުނުވެ އަފްޣާނިސްތާނުން ބޭރުގެ ގިނަ ފައުޖުތަކެއް ފައިބާފައެވެ. އަދި އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަން ވަނީ ކަރުޒާއީގެ ސަރުކާރާ ޙަވާލުކޮށްފައެވެ. ފަހަކަށް އައިސް އެމެރިކާ ސަރުކާރާއި އެމެރިކާގެ ރުހުން ލިބިފައިވާ ސަރުކާރާއި ދެމެދު މައްސަލަތައް ދަނީ ޖެހެމުންނެވެ
.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ