މިއަހަރު މިހާތަނަށް 4 މިލިއަން މީހުންނަށް އުމްރާ ވިސާ ދޫކޮށްފައިވާކަމަށް ސައުދީގެ ޙައްޖު މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ސައުދީގެ ޙައްޖު މިނިސްޓްރީއިން ހާމަކުރި ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުން 4 މިލިއަން މީހުންނަށް އުމްރާ ވިސާ ދޫކޮށްފައިވާކަމަށާއި ގާތްގަޑަކަށް 3.15 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވާކަމަށެވެ. ހައްޖު މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި 70 ގައުމަކުން މިއަހަރު މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރަން އައިސްފައިވާކަމަށެވެ.
ޙައްޖު މިނިސްޓްރީއިން ވަނީ އުމްރާގެ އަޅުކަން އަދާ ކުރަން އަންނަ އެތައް ހާސް މީހުންގެ ވިސާ ކަންތައްތައް ބަލަހައްޓާ މުއައްޒަފުންގެ މަސައްކަތަށް ތައުރީފްކޮށްފައެވެ.
ސައުދީގެ ޙައްޖާއި އުމްރާ އާއި ބެހޭ މިނިސްޓްރީއިން ހަމަކުރާ ގޮތުގައި އުމްރާގެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...