މި ތުއްތު ކުއްޖަގެ ކުށަކީ މުސްލިމެއްގެ ގޮތުގައި ދުނިޔެއަށް އުފަން ވުމެވެ. ބައްޕަގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އޮވެ ލިބުނު އަނިޔާ އަށް ކެތް ނުކުރެވިގެން ތުއްތު ދަރިފުޅާއި އެކު ބައްޕަގެ ކުރިމަތީގައި މުޅި ޢާއިލާ ހިތްދަތި ކަމާއި ވޭނާއި ކެކުޅުމުގައި މަރުވެ ދިޔުމުން މި ޒުވާން ބައްޕަ އަށް ކުރެވޭނީ ކޮންފަދަ އިހުސާސެއް ތޯ؟ ހިތް ހަލާކުވެފައިވާ މި ބައްޕަގެ ލޯމަތިން އެ ފެންނަ ބިރުވެރި ކަމާއި ނަފްރަތުގެ ނަތީޖާ އަކީ އަމިއްލަ އަށް ގައިގައި ބޮން ހަރުކޮށްގެން ބަޔަކަށް ދެވުނު އެންމެ ބޮޑު ގެއްލުމެއް ދިނުން ކަމަށް ވާއިރު، އަދިވެސް ކުއްވެރިވަނީ އެ ބައްޕަތޯ؟ މުސްލިމު އުއްމަތުގައި ހުޅުޖަހާފައި އެމެރިކާ އާއި އިޒްރޭލުން ދުރުގައި ބަލަން ނުތިބެވިގެން ދޭތެރެއަކުން މުސްލިމުންގެ ބޮލަށް ބޮންއަޅަމުން މިގޮތަށް ލޭ އޮހޮރުވަމުން ގެންދާއިރު، މިއަދު އަހަރެމެން މުސްލިމުން މި ތިބެނީ ކީއްވެފަބާއޭ ހިތަށް ނާރާތޯ؟
އެކަމަކު......މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތި ހިތާމަޔާއި ހިތްދަތި ކަމުގައި އޮތް މުސްލިމު އުއްމަތުން އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި ތުއްތު ކުދީންނާއި އަންހެނުން ނާއި މުސްކުޅިން ކަތިލަމުން ދާއިރު ބަލަން މި ތިބެނީ ކީއްވެތޯ؟ މި އަނިޔާވެރިކަމުން އަހަރެމެންގެ ހަށިގަނޑުގެ އެއްފަޅީގައި ވޭން އަޅަމުން ދާއިރު އަނެއް އަތުގައި އެ ތަދު ފިލުވާނެ ބޭސް ހުރެމެ ބޭސް ނާޅާ މި ތިބެނީ ކީއްވެފަ ތޯ؟ ޝައްކެއް ވެސް އެއީ އަހަރެމެންގެ އީމާންތެރިކަން ހަމަ ވަރުގަދައީ. މުސްލިމުންނަށް ލިބިފައިވާ އެންމެ ވަރުގަދަ ބޭހަކީ ވެސް އަދި ހަތިޔާރަކީ ވެސް މާތް ﷲގެ ހަޟުރަތުގައި ދެންނެވޭ ދުޢާ ކަމަށްވާއިރު، ކޮންމެ ބޭފުޅަކުވެސް މި ކުއްޖާ އާއި މި ބައްޕަގެ ޙައްޤުގައި އަނިޔާ ލިބެމުންދާ އަހަރެމެންގެ އަޚުން އެ އަނިޔާއިން ސަލާމަތް ކުރައްވާތޯ ކޮންމެ ނަމާދަކަށް ފަހު ދުޢާކޮށްދެއްވާ!
ޔާ ﷲ! އިބަ އިލާހީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު! އަޅަމެންގެ ތެރެއިންނާއި ކާފަރުންގެ ތެރެއިން އަނިޔާވެރިވާ ފަރާތްތައް އިބަ އިލާހުގެ ރަޙުމަތުން ބޭރު ކުރައްވާ އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ނަސްރު ދެއްވާނދޭ! އަނިޔާ ވެރީންގެ އަނިޔާއިން މި ދުނިޔެ ދޫކޮށް ދިޔަ އެންމެހާ މުސްލިމުންގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން!!!
ކޮމެންޓް (0)
ލޯޑް ކުރަމުން...