އެހީ! ހުސައިން އަބޫބަކުރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ހުސައިން އަބޫބަކުރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ހުސައިން އަބޫބަކުރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ. ކުޅުދުއްފުށީ ފިނިވައިޖެހޭގޭ ހުސައިން އަބޫބަކުރަކީ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހިފައިވާ އަދި މަލީ ގޮތުން އެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ އޮޕަރޭޝަން ނުކުރެވިފައިވާ މީހެކެވެ.

ހުސައިން އަބޫބަކުރު ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން ޑަކްޓަަރ އަށް ދެއްކުމުން ޑަކްޓަރ އަލީ ޝަފީޤް ވަނީ ޓެސްޓްތަކެއް ހެދުމަށްފަހު ރާއްޖެއެއިން ބޭރަށް ދިއުމަށް ލަފާދެއްވާފައެވެ. އަދި ވަރަށް އަވަހަށް ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖެއިން ބޭރުން ކުރެވޭ އޮޕަރޭޝަނަކަށް ވާތީވެ މި އޮޕަރޭޝަން ކުރުމުގެ ތަނަވަސްކަން މަލީގޮތުން އެފަރާތުގައި ނެތުމުގެ ސަބަބުން އެފަރާތަށް ވަނީ އާއްމު ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކަށް އިންތިހާއަށް ބޭނުންވެފައެވެ.

ހުސައިން އަބޫބަކުރަށް އެހީތެރިވެލަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޭނާގެ ދަރިފުޅު (އިބްރާހިމް ޝާހް) ފޯން: (9925324) އާއި ގުޅުއްވުން އެދެމެވެ.

(އިބްރާހިމް ޝާހް) އެކައުންޓް ނަމްބާރ: 101 140224 7707

ލަސް ނުކުރައްވާ ހުސައިން އަބޫބަކުރަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.