ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަ ކޮށް ދެއްކެވި ވާހަކަފުޅުތަކައި ގުޅިގެން އޭނާ އާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމައިފިއެވެ.
އާޓިފިޝަލު ބީޗުން މިރޭ އަށެއް ޖަހާއިރު "ދީނާ ގައުމިއްޔަތުގެ ދިފާއުގައި" ނަމުގައި މިރޭ ފަށާ މުޒާހަރާތަކަކީ ސިލްސިލާ މުޒާހަރާތަކެއް ކަމަށާއި އެމައްސަލާގައި ކުރީ ރައީސް ނަޝީދާ މެދު ފިޔަވަޅު އަޅަން ދެން އެހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސޮބާހު ރަޝީދު އޮންލައިން ނޫސް ސީއެންއެމް އަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހަރަކާތްތަކަކީ ގައުމީ ހަރަކާތާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި މިރޭ މިނިކުންނަނީ ރަސޫލާއަށް ކާޓޫން ކުރެހި މީޙުންނާއި ބައިވެގެން ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ކަމަށެވެ.
ކުރީގެ ރައިސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޕާލަމެންޓްގައި ދެއްކެވި ވާހަކައިގައި، ކީރިތި ރަސޫލާއަށާއި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަވާފައިވާތީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބުރާހީމު މުއްތަލިބުވަނީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާ އެމައްސަލަވަނީ 15 މެމްބަރުންގެ ވޯޓުން ބޭރުކޮށްލާފައެވެ. އަދި މިކަމާ ގުޅިގެން އަދާލަތު ޕާރޓީ އަދި ޕީޕީއެމް އިންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ގުޅުންހުރި ޚަބަރު:
- ރައީސް ނަޝީދުގެ ”ލާދީނީ“ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޕީޕީއެމް
- ނަޝީދާ ދެކޮޅަށް މުއްތަލިބު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
- ނަޝީދުގެ ހިތުގައި އޮންނަ ނަފްރަތު ފާޅުވެގެން ދަނީ ޣައިރުދީނުގެ މިޝަނަރީން ގާތަށް ވަޑައިގެންނެވޭ ވަގުތު: އަދާލަތު
- އިސްލާމްގެ ލިބެރަލް ވަރޝަނެއް ގެނައުން މުހިއްމު: ނަޝީދު
ކޮމެންޓް (0)
ލޯޑް ކުރަމުން...