އިސްލާމްގެ ލިބެރަލް ވަރޝަނެއް ގެނައުން މުހިއްމު: ނަޝީދު

އިސްލާމްގެ ލިބެރަލް ވަރޝަނެއް ގެނައުން މުހިއްމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ބޭރު މީހަކު ރައީސް ނަޝީދާ ކުރައްވާ ސުވާލަކީ ސަގާފީ އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށެވެ. މީގެ ޖަވާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވަނީ “ހައްދުފަހަނައަޅާފައިވާ އިސްލާމު”ގެ ދެކޭދެކުމާއި ދެކޮޅަށް “ލިބެރަލް” މުސްލިމުންނަށް “ރަނގަޅު ވާހަކަ ގަނޑެއް” ގެނެވިފައެއް ނެތް ކަމަށާއި އަދި އެއާއި ދެކޮޅަށް އިސްލާމްގެ ލިބެރަލް ވާރޝަނެއް ހަދައި އެގެނައުން މުހިއްމުކަމަށް ދެކޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކާގައި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ތިބި މީހުންނަށް ހުރިހާ ސުވާލެއްގެ ޖަވާބު އެނގޭ ކަމަށް ބުނެފައިވެއެވެ. “މިހާރު ހައްދުފަހަނައަޅާފައިވާ މީހުން މިކުރާކަމަކީ، އެމީހުންނަށް އޮވޭ ކޮންމެކަމަކަށް ޖަވާބެއް. ރޭގަނޑު ދަންވަރު ކަލޭ އަށް އެބަގުޅޭ ޝައިޚަށް ނުނިދިގެންނޭ ކިޔާފަ. ދެން ޝައިޚް ކަލެއަށް ކިޔައިދޭނެ ޙަދީޘެއް އަދި ނަބިއްޔާ ކަންތަށް ކުރިގޮތާއި މެދު ވަޙީއެއް އަދި ރޭގަނޑު ދަންވަރު ނިދުމާއި ބެހޭގޮތުން ކަލާނގެ ބާވައިލެއްވިގޮތް. އަޅުގަނޑުމެންގެ ނެތް ހެލްޕް ލައިނެއް. އަޅުގަނޑުމެންގެ ނެތް އޭގެ ބަދަލު ވާހަކަގަނޑެއް. އަޅުގަނޑު ދެކޭގޮތުގައި އޭގެ ބަދަލުގައި ދެކެވޭނެ ވާހަކަގަނޑެއް ހެދުން މުހިއްމު، އިސްލާމްގެ ލިބެރަލް ވަރޝަން އެއް ނުވަތަ އިސްލާމްގެ އަސްލު ވަރޝަންއެއް،” ރައީސް ނަޝީދު ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ނަޝީދު ބުނެފައިވަނީ “ވައްހާބިޒަމް މެދު އިރުމަތީގައި އާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި ފެތުރެމުންދާއިރު އެއީ ފެތުރެމުންދާ ގޮތާއި މެދު ވަރަށް ބޮޑަށް ފޫހިވާ" ކަމަށާއި "އެއީ އިސްލާމެއް ނޫން، ނަމަވެސް އެއީ ހިޖާޒް ނޫނީ ސައުދީގެ ވިސްނުމާއި ސަގާފަތް، އަދި ވިސްނުމަކީ އެ ސަގާފަތް އިސްލާމީ އެހެން މުޖުތަމައުއަށް ފެތުރުން، އަޅުގަނޑު އެކަމާއި ބިރުގަނޭ، އެއީ އެ ވިސްނުން އާންމުވަމުންދަނީ ވަރަށް އަވަހަށް.”ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވާހަކަ ދައްކާފައިވާއިރު މިވާހަކަތަކާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނި ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

 

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.