ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމު މުއްތަލިބު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ދީނާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމު މުއްތަލިބު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވަނީ ދާދިފަހުން ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
މުއްތަލިބު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ނަޝީދު ދީނާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކީ ދިވެހިންނަށާއި އިސްލާމުންނަށް އަދި ދިވެހިރާއްޖެއަށް ކުރެއްވި ފުރައްސާރައާއި މަލާމާތެއް ކަމަށެވެ. އަދި އެއީ ނަޝިދާ މެދު ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ކަމަށް ވެސް ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
މިމައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ ހާޒިވެ ތިއްބެވި މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓާއެކުއެވެ. ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...