ދުނިޔެއަށް ދިމާވެފައި މިވާ ބޮޑު ބަލިމަޑު ކަމާއި, ތަދުމަޑު ކަމުގެ ޙާލަތަށް ތިބާ ވިސްނާލީމުތޯއެވެ؟ ހަށީގައި ބާރު ހުރި އެތަށް ޒުވާނުންނެއް މިބަލީގައި ތަންމަތިވެ މަރުގެ ރަހަ ދެކެފިއެވެ. ފައިސާއާއި ތަނަވަސް ކަމުގެ އަހުލުވެރިން, ފަރުވާ ކުރުމަށް ހަރަދު ކުރުމަށް ކިތަންމެ ފައިސާއެއް އޮތް ނަމަވެސް އެއިގެ ބޭނުމެއްނެތިި މަރުވެ ފަސްގަނޑުގެ ދަށަށް ދާންޖެހުނު ކިތަށް މީހުން ވޭހެއްޔެވެ؟
ﷲތަޢާލާ މިންވަރު ކުރެއްވި އަޅަކަށް ބަލިމަޑުކަން ޖައްސަވައެވެ. އަދި އެއިލާހު މިންވަރު ކުރެއްވި އަޅަކަށް ޝިފާދެއްވައެވެ. އެއިލާހުގެ މިންވަރު ކުރެއްވި ބަޔަކަށް މުދަލުގެ ތަނަވަސް ކަމާއި ފައިސާ ދެއްވައެވައެވެ. އަދި އެއިލާހު މިންވަރު ކުރެއްވި މީހަކު ދުނިޔެމަތީގައި ފަޤީރު ޙާލުގައި ލައްވައެވެ.
ދުނިޔެއަށް ދިމާވެފައި މިވާ ނުރައްކާތެރި ބަލިމަޑުކަމާއި،ތަދުމަޑުކަމުގެ މިޙާލަތުގައި ތިބާ ﷲއަށް ޝުކުރުވެރި ވަނިީ ކިހާވަރަކަށްތޯއެވެ؟ ﷲގެ ތަނަވަސް ރަޙްމަތާއި އޯގާ ވަންތަކަމުން ތިބާ ހެޔޮ ސިއްޙަތެއްގައި ލެއްވެވިތީ ﷲއަށް ހަމްދު ކުރީމުތޯއެވެ؟ ތަދުމަޑުކަމުގެ މިދުވަސް ވަރު ތިބާގެ ބޯހިޔާ ކޮށްލާނެ ފަދަ ދެއްވައިފައިވާތީ އެނިޢުމަތް ދެއްވި އިލާހަށް ޙަމްދު ކުރިން ތޯއެވެ؟ ކާބޯތަކެއްޗަށް އެއް ބަޔަކު ޖެހިފައިވާ ދުވަސް ވަރެއް ގައި ތިބާގެ ގޭގެ ސުފުރާ މައްޗަށް އަރުވާލުމަށް ލިބޭ ކާތަކެއްޗާއި މެދު ޝުކުރުވެރި ވިމުތޯއެވެ؟
މިފަދަ ޙާލަތެއްގައި އެންމެ އިސްކަން ދޭންވި އެއްކަމަކީއެއިއެވެ. އަދި ކިއެއްތަ ކޮންމެ ޙާލަތެއްގައިވެސް ﷲތިމާއަށް ދެއްވެވި މިންވަރަށް ރުހެން ޖެހެއެވެ. އަދި އެއިލާހުގެ ނިޢުމަތް ތަކާއި އޯގާވަންތަކަމަށް ޝުކުރުވެރި ވާންޖެހެއެވެ.
ވިސްނާށެވެ. ތިބާގެ ވަށައިގެން ތިބާއަށްޓަކައި ލައްވަވާފައިވާ ކޮންމެ ނިޢުމަތަކި ތިބާގެ ވެރި އިލާހު ތިބާއަށް ދެއްވި އެއްޗެކެވެ. ތިބާ އަމިއްލައަށް ހޯދައި ގަތް އެކައްޗެއްވެސް ހަމަ ނުވާނެކަން ދަންނައެވެ. ތިބާ އެއްޗެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރިއަަސް ﷲގެ މިންވަރު ފުޅުގައި ނުވާ އެއްޗެއް ތިބާއަށް ޙާސިލް ނުކުރެވޭނެއެވެ.
މިހުރިހާ ކަމަކާއި އެކުވެސް ތިބާﷲއަށް އުރެދި އެއިލާހަށް ކިޔަމަން ނުވާނަމަ ތިބާއީ ލަދުވެތި ނަމެއް ނެތް މީހެކެވެ. އެއިލާހުގެ ނިޢުމަތް ތަކުގެ ބޭނުން ކުރާ ޙާލު އެއިލާހަށް އުރެދޭނީ ތިބާގެ ލަދުވެތި ކަން ނެތުމުން ނޫންތޯއެވެ؟
އޭ އިންސާނާއެވެ. ތިބާއަށް ހެޔޮ ސިއްޙަތު ދެއްވި އިލާހަށް ތިބާއަށް ބަލި މަޑު ކަން ޖައްސަވަންވެސް ކުޅަދުންވަންތަ ވެވޮޑިގެން ވާކަން ހަނދުމަ ކުރާށެވެ. ތިބާއަށް ތަނަވަސްކަން ދެއްވި އިލާހު އެތަނަވަަސް ކަން ތިބާގެ އަތުން ނިގުޅައިގަތުމަށްވެސް ކުޅަދުންވަންތަ އެވެ. ތިބާ ބޮޑާވެ ކިބުރުވެރި ވަނީ ފަހެ ކޮންކަމަކާއި މެދުގައި ހެއްޔެވެ؟
އަބަދުވެސް ﷲއަށް ކިޔަމަންތެރި އަޅަކަށް ވާށެވެ. އެއިލާހުގެ ރުއްސެވުމަށް އެދި މަސައްކަތް ކުރާ އަޅަކަށް ވުމަށް
ތިބާ އަށާއި އަހުރެންގެ ނަފްސަށް ވަޞިއްޔަތް ކުރަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...