ރާއްޖޭގެ ޚަބަރު ރައީސް ނަޝީދުގެ ”ލާދީނީ“ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޕީޕީއެމް

ރައީސް ނަޝީދުގެ ”ލާދީނީ“ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޕީޕީއެމް

ރައީސް ނަޝީދުގެ ”ލާދީނީ“ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޕީޕީއެމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ޕީޕީއެމް އިންވެސް ކުށްވެރިކޮށްފި އެވެ.

މިކަން ކުށްވެރިކޮށް، ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާންގައއިވަނީ، ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުފުޅުގައި ޑެންމާކުގެ ޔުނިވަރސިޓީއެއްގައި ވާހަކަދައްކަވަމުން މާﷲ ގެ ވަޙީ ބަސްފުޅާއި ކައުއިތުރު މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅު ނޫން އެހެން ހައްލެއް ބޭނުން ކަމަށްބުނެ، އިސްލާމްދީނަށް ފާޑު ވިދާޅުވެ ދެއްކެވި "ލާދީނީ" ވާހަކަތައް ޕީޕީއެމްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްއިން ބުނީ، އިސްލާމްދީނާމެދު މިފަދައިން ވާހަކަދައްކާ ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައުމަކީ މުޅި މި ދިވެހި ޤައުމަށާއި އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު ގެއްލުންކަންވެސް ޕީޕީއެމްއިން ފާހަގަ ކުރާކަމަށާއި ރައީސް ނަޝީދުގެ މި "ލާދީނީ" އަމަލު އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމަށެވެ.

"ދިވެހިރާއްޖޭ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އިސްލާމްދީންއަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފާޑުވިދާޅުވެ މިފަދަ ދަށު ދަރަޖައިގެ ވާހަކަތަކެއް ދެއްކުމަކީ އަޅުގަނޑުމެން އިސްލާމީ އެހެން ޤައުމުތަކުގެ ކުރިމަތީގައި ފަޟީޙަތްވެ، ލަދުގަންނަންޖެހޭ ފަދަ ކަމެއް. މި ފަދަ ވާހަކަތަކަކީ މުސްލިމެއްގެ ޙައިސިއްޔަތުން ދެކެވިގެން ވާނޭފަދަ ވާހަކަ ތަކެއްނޫން" ޕީޕީއެމް އިން ނެރުނު ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔަނުގައި ބުނެފައި ވަނީ ކުރީގެ ރައީސް ނަޝިދުގެ ވެރިކަމުގައިވެސް އިސްލާމްދީނަށް ވަނީ އެކި ގޮތްގޮތަށް ފާޑު ވިދާޅުވެ ޣައިރު މުސްލިމުން ރުއްސަން މިފަދަ އެތައް ކަމެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން އެހެން ދީންތަކުގައި އަޅުކަންކުރުމަށް ބޭނުން ކުރާ ބުދު ރަމްޒުކޮށްދޭ މޮނިއުމެންޓް ތަކެއް ބެހެއްޓުމާއި، މަސްތުވާ އެއްޗެހި ބޭނުންކުރުމަށް ހިއްވަރުދިނުންފަދަ އެތައްކަމެއް ކުރައްވާފައިވާކަމަށެވެ.

ކުރީގެ ރައިސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޕާލަމެންޓްގައި ދެއްކެވި ވާހަކައިގައި، ކީރިތި ރަސޫލާއަށާއި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާާރަކޮށް ވާހަކަ ދައްކަވާފައިވާތީ އަދާލަތު ޕާރޓީއިންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ގުޅުންހުރި ޚަބަރު:

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.