ރާއްޖޭގެ ޚަބަރު ރިބާއާއި ގުޅޭ ފޯރަމެއް ސަލަފުން ބާއްވަނީ

ރިބާއާއި ގުޅޭ ފޯރަމެއް ސަލަފުން ބާއްވަނީ

ރިބާއާއި ގުޅޭ ފޯރަމެއް ސަލަފުން ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއްސަލަފްގެ ފަރާތުން ރިބާއާއި ގުޅޭގޮތުން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެޖަމިއްޔާއިން ހާމަކޮށްފައިވަނީ މިމަހުގެ 26 ވާ ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިފޯރަމް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 ގައެވެ.

މިފޯރަމްގައި ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމްގެ އިތުރުން ޢިލްމުވެރިންގެ މަޖްލިސްގެ މެމްބަރުން ކަމުގައިވާ އައްޝައިޚް އަބްދުއްސަލާމް ދާވޫދާއި އައްޝައިޚް މުޙައްމަދު ސިނާން ބައިވެރިވެޑައި ގަންނަވާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

މިފޯރަމް އެޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.