ހެވީމެޓަލް މިޔުޒިކް ބިނާވެފައިވަނީ ޝައިޠާނާއަށް އަޅުކަން ކުރުމަށް ކަމަށް ޝައިޙް ޢަބްދުﷲ ބުން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝައިޙް މިހެން ވިދާޅުވެފައިވަނީ ޝައިޙް ކުރައްވަވާފައިވާ ޓްވީޓެއްގައެވެ. އެޓުވީޓުގައި
ޝައިޙް ވިދާޅުވެފައިވެއެވެ. ހެވީމެޓަލް މިވައްތަރުގެ މިޔުޒިކް ބިނާވެފައިވަނީ ޝައިޠާނާއަށް އަޅުކަންކޮށް، ފާޅުގައި ﷲއަށް އުރެދި، މަސްތުވާ ތަކެއްޗާއި، ފާޙިޝް ކަންކަމަށް ޞަރީޙަ ބަހުން ދަޢުވަތު ދިނުމުގެ ނުބައި ފަސާދައިގެ މައްޗަށް ކަމަށެވެ. އަދި މިކަންކަމަށް ރާއްޖޭގައި ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.
ޝައިޙްގެ މިޓުވީޓާއި އެކު ރާއްޖޭގައި ބޭއްވުމަށް ރާވައިފައިވާ ހެވީމެޓަލް މިޔުޒިކް މުބާރާތާއި ގުޅޭ ޙަބަރެއްގެ ލިންކު ޙިއްސާ ކުރައްވާފައިވާއިރު އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައިފައިވެސް ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...