ރާއްޖޭގެ ޚަބަރު ނަޝީދުގެ ހިތުގައި އޮންނަ ނަފްރަތު ފާޅުވެގެން ދަނީ ޣައިރުދީނުގެ މިޝަނަރީން ގާތަށް ވަޑައިގެންނެވޭ ވަގުތު: އަދާލަތު

ނަޝީދުގެ ހިތުގައި އޮންނަ ނަފްރަތު ފާޅުވެގެން ދަނީ ޣައިރުދީނުގެ މިޝަނަރީން ގާތަށް ވަޑައިގެންނެވޭ ވަގުތު: އަދާލަތު

ނަޝީދުގެ ހިތުގައި އޮންނަ ނަފްރަތު ފާޅުވެގެން ދަނީ ޣައިރުދީނުގެ މިޝަނަރީން ގާތަށް ވަޑައިގެންނެވޭ ވަގުތު: އަދާލަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އުސޫލުތަކަށާއި އެދީނުގެ ޝަރީއަތާމެދު ނަޝީދުގެ ހިތުގައި އޮންނަ ނަފްރަތު ފާޅުވެގެން ދަނީ ޣައިރުދީނުގެ މިޝަނަރީންގެ ގާތަށް ވަޑައިގެންނެވޭ ވަގުތު ތަކުގައިކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ "އިސްލާމީ އުސޫލުތަކަށާއި އެ ދީނުގެ ޝަރީއަތަށާއި އެ ދީނަށް ތަބާވާ މީހުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ ނަފްރަތު ފާޅުކުރެއްވުމަކީ ކެނޑިނޭޅި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމެއް" ކަމަށާއި "މި ނަފްރަތުގެ ހުޅުގަނޑު އެންމެ ބޮޑަށް ފާޅުވެގެން ދަނީ އޭނާގެ ވާގިވެރިން ކަމުގައިވާ ޣައިރުދީނުގެ މިޝަނަރީންގެ ގާތަށް ވަޑައިގެންނެވޭ ވަގުތު ތަކުގައި"ކަމަށެވެ.

ދާދިފަހުން ޑެންމާކަށް [ނަޝީދު] ކުރެއްވި ދަތުރުގައި އިސްލާމް ދީނަށް ތަބާވާ މީހުންނަކީ "ޙައްދު ފަހަނައަޅާފައިވާ" މީހުން ކަމުގައި ސިފަ ކުރައްވައި ޣައިރު ދީނުގެ މީހުން ރުއްސުމަށް ޓަކައި ތިމަންނާޔަކީ އިސްލާމް ދީނާއި އިދިކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަހުލަވާނެއްކަން ސާބިތުކޮށްދިނުމަށް ދެއްކެވި ވާހަކަ ތަކުގައި އިސްލާމް ދީނަށާއި އެދީނުގެ އުސޫލުތަކަށް ތަބާވުމަށް މަސައްކަތް ކުރާ މީހުންނަށް ފުރައްސާރަ ކުރައްވާފައިކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދުގެ ފަރާތުން މިފަދަ އަމަލުތައް ތަކުރާރު ވުމަކީ ހައިރާންވާންޖެހޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަކީ ލާދީނީ އެޖެންޑާއެއް އޮތް ބޭފުޅެއް ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް ދިވެހި މުސްލިމުންގެ ބޮލަށް "ސަވާރުވުމުގެ" ފުރުސަތު ހޯދުމަށް ނަޝީދު އާއި އޭނާގެ ބައިވެރިން ކުރާ މަސައްކަތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ބައިވެރިވާ ކަމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވެސް އަދާލަތު ޕާޓީންގެ ބަޔާނުގައި ބުނެފަ ވެއެވެ.

އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި އިތުރައް ބުނެފައި ވަނީ، "ޢަދާލަތުޕާޓީ އަކީ އޭނާ ޑެންމާރކްގައި ސިފަކުރެއްވި ފަދަ އާރެއް ބާރެއް ނެތް ބައެއް ނޫންކަމާއި ޢަދާލުޕާޓީގެ ނުފޫޒު އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނޭ އެއްބޭފުޅަކީ ޚުދު ނަޝީދު"ކަމުގައި ބަޔާނުގައި ބުނެފައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.