އެމެރިކާ ގުއަންޓަނާމޯބޭ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންގެ އަދަދު 100 އަށް

ގުއަންޓަނާމޯބޭ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންގެ އަދަދު 100 އަށް

ގުއަންޓަނާމޯބޭ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންގެ އަދަދު 100 އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގުއަންޓަނާމޯބޭ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންގެ އަދަދު 100 އަށް އަރައިފިކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުން ޚަބަރު ދޭ ގޮތުގައި ގުއަންޓަނާމޯބޭ ޖަލުގައި މިވަގުތު ތިބި 166 ޤައިދީންގެ ތެރެއިން 100 ޤައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށެވެ. މިހަޅުތާޅުގައި ބައިވެރިވެ ބައެއް ޤައިދީންގެ ހާލު ދަށްވަމުންދާކަމަށާއި ބައެއް ޤައިދީން ހާލު ދެރަވެ ހޮސްޕިޓަލަށްވެސް ގެންދަމުންދާކަމަށް މީޑިއާގެ ރިޕޯޓްތަކުން ބުނެއެވެ.
ގުއަންޓަނާމޯބޭ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުން މިދަނީ އެމީހުންގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުވެ ހައްޔަރުގައި ބައިތިއްބާތީ އެކަމަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ ކުށެއް ނެތްކަން ސާބިތުވެ ދޫކޮށްލަންވެފައިތިބި މީހުންނާއި އެއްވެސް ކުށެއް ސާބިތު ނުވިނަމަވެސް ހައްޔަރުގައި ބައިތިއްބަން ނިންމާފައިވާ މީހުންނެވެ.

ޓެރަރިސްޓުންގެ ގޮތުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް އެމެރިކާ އިން ހިންގަމުން ގެންދާ މިޖަލު ބަންދުކުރުމަށް ގޮވާލާ އެތައް އެއްވުންތަކެއް ވަނީ ބާއްވާފައެވެ. އަދި މިޖަލުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުން ގެންދާކަން ވަނީ ސާބިތުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.