މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗެއް އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭ އައްޑޫގައި ހުޅުވޭވަރު ވާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދިއިސްލާމަށް މަޢުލޫމާތު ދެމުން އިސްލާމިކް ބޭންކުން ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދަނީ އައްޑު ސިޓީ ކައުސިލްއާ މަޝްވަރާ ކޮށްގެން ޚިދުމަތް ދޭނެ ލޮކޭޝަންއެއް ކަޑައެޅުމުގެ މަސައްކަތް ކަމަށެވެ.
އިސްލާމިކް ބޭންކުން އިތުރަށް ވިދާޅުވީ އައްޑޫގައި ހުޅުވާ ބުރާންޗުގެ އޮފީސް އިމާރާތުގެ ލޮކޭޝަން އަދި ކަނޑައެޅިފައި ނުވިކަމުގައި ވިޔަސް ސެޕްޓެމްބަރު މަހު ބުރާންޗް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްއިން ބުނެފައިވަނީ އިސްލާމިކް ބޭންކުގެ ބްރާންޗެއް އައްޑޫގައި ވީ އެންމެ އަވަހަކަށް ހުޅުވޭނެ ގޮތެއް ވުމަކީ އެ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...