އަރަބިދުނިޔެ

ފަލަސްތީނުގެ ދެމިއޮތުމަށް އެމެރިކާ ނުރުހޭކަމަށް ހަމާސްގެ ލީޑާރ ވިދާޅުވެއްޖެ!

ލިޔުނީ: އަލީ އަހްސަން

ފަލަސްތީނުގެ ދެމިއޮތުމަށް އެމެރިކާ ނުރުހޭކަމަށް ހަމާސްގެ ލީޑާރ ވިދާޅުވެއްޖެއެވެ.

އިޒްރޭލާއި އެމެރިކާގެ ދުއްތުރާތަކުގެ ސަބަބުން ފަލަސްތީނުން ބޭރުގައި އުޅުއްވާ ހަމާސްގެ ލީޑާރ ޚާލިދު މިޝްއާލް 'ފަލަސްތީނުގެ ދެމިއޮތުމަށް އެމެރިކާ ނުރުހޭކަމަށް' ވިދާޅުވެފައިވަނީ ރަށާގެ ހާރިޖީވަޒީރު އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މީގެ އިތުރަށް ޚާލިދު މިޝްޢާލް ވިދާޅުވެފައިވަނީ ' ފަލަސްތީނުގެ އޮމާން އެއްބައިވަންތަކަމަށް އެޅިފައިވާ ވަރަށްގިނަ ހުރަސްތަކެއް އެބަހުރި ކަމަށާއި މިހާރުއޮތް އިސްރާއީލުގެ ވެރިކަމުގައި މެދުއިރުމަތީގެ ސުލްހައަކަށް އެއްވެސް ފުރުސަތެއް ނެތް' ކަމަށެވެ. އަދި 'މެދުއިރުމަތީގެ ސުލްހައިގެ ކުރިއެރުމަށް އޮތް އެންމެބޮޑު ހުރަހަކީ އިޒްރޭލާއި އެމެރިކާގެ ހަރުކަށި ވެރިކަން ކަމުގައި.' ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީން-އިޒްރޭލް މައްސަލައަކީ ޒަމާންތަކެއް ވަންދެއް ހައްލުނުކުރެވިވާ މައްސަލައެކެވެ. ފަލަސްތީނުގައި މިހާރު ވެރިކަން ކުރާ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އިޒްރޭލުން ބުނަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ ރައްޔިތުންވަނީ ރައްޔިތުންގެ ވޯޓަކުން ހަމާސްއަށް ސަރުކާރު ހަވާލުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *