ރަންވޭމަތިން ކަހާލުމާއި ގުޅިގެން މޫދައްވެއްޓުނު އިންޑޮނޭޝިޔާގެ ލަޔަން އެއާރ މަތިންދާބޯޓުން ދަތުރުކުރި އެންމެންވެސް ސަލާމަތްވެއްޖެއެވެ.
އިންޑޮނޭޝިޔާގެ ބާލީގެ ގުރާ ރާއީ އެއާޕޯޓަށް ތިރިކުރަން އުޅުމުގެ ތެރޭގައި ރަންވޭމަތިން ކަހާލުމާއި ގުޅިގެން މޫދައްވެއްޓުނު މި ބޯޓުން ދަތުރުކުރީ 101 ފަތުރުވެރިންނާއި ބޯޓުގެ ހަތް ފަޅުވެރިން ކަމަށް އިންޑޮނޭޝިޔާގެ ކަމާބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.
ޖާވާގެ ހުޅަނގު ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ކަަމަށްވާ ބަންޑަންގުން ފުރައިގެން ބާލީއަށް ދަތުރުކުރަމުންދިޔަ މި ބޯޓުން ދަތުރުކުރި 45 މީހަކަށް އެވިވަރުގެ ޒަހަމްތައް ލިބިފައިވަކަމަށް ނޫސް އެޖެންސީތަކުން ހާމަކުރައްވައެވެ.
ރަންވޭމަތިން ކައްސާލައިގެން މޫދައް ވެއްޓުނު މި ބޯޓުގެ މެދުން ބިންދައިގެން ގޮސްފައިވާއިރު މި އެއާރލައިނަކީ ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން ޔޫރަޕުގެ އިއްތިހާދުގައި އުދުހުން މަނާކުރެވިފައިވާ އެއާލައިނެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...