މަތީގައިވާ ފޮޓޯއިން ތިޔަފެނިވަޑައިގަންނަވަނީ ފަލަސްޠީނުގައި އިޒްރޭލުން ފޭރިގެން ގެންފައިވާ ބިމެއްގައި ޔަހޫދީ އާބާދީ އިތުރުކުރުމުގެ ގޮތުން ބޮޑު އިމާރާތެއް އަޅަމުން ދާ މަންޒަރެވެ. ފަލަސްޠީނުގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން މިހާރު އުޅެމުންދާ ހާލު މަތީގައިވާ ފޮޓޯއިން ކިތަންމެ ރަނގަޅަކަށްވެސް ހާމަވާނެއެވެ. އެބައިމީހުންގެ އުންމީދުތަކާއި ހުވަފެންތައް ބިމާ ހަމަކޮށް ފުނޑުފުނޑު ކޮށްލުމުންވެސް އެބައިމީހުން ކެތްތެރިވެ ﷲ އަށް ޝުކުރުކޮށް އަޅުކަންކުރުންމަތީ ދެމިހުރެއެވެ.
ޔާ ﷲ، ފަލަސްޠީނަށް ނަސްރު ދެއްވާންދޭވެ. އަދި ބިންފޭރޭ ޔަހޫދީންގެ ނުބައިކަމުން އިސްލާމީ އުންމަތް ސަލާމަތްކޮށްދެއްވާ މަސްޖިދުލް އަޤްޞާ އަޅަމެންނަށް ދެއްވާންދޭވެ.
އާމީން...

ކޮމެންޓް (0)
ލޯޑް ކުރަމުން...