ސައިންސާއި ޓެކް ވައިބާ އަދި ސްކައިޕް ފަދަ އެޕްތައް ސައުދީގައި މަނާކުރަނީ

ވައިބާ އަދި ސްކައިޕް ފަދަ އެޕްތައް ސައުދީގައި މަނާކުރަނީ

ވައިބާ އަދި ސްކައިޕް ފަދަ އެޕްތައް ސައުދީގައި މަނާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުވާސަލާތީ ދުނިޔޭގައި މަޤުބޫލު ކަން ހޯދަމުން އަންނަ ވަޓްސްއެޕް، ވައިބާ އަދި ސްކައިޕް ފަދަ މުވާސަލާތީ އެޕްލިކޭޝަންތައް ސައުދީ އަރަބިއްޔާގައި ބޭނުންކުރުން ހުއްޓުވުމަކީ ވަރަށް ކައިރި މުސްތަޤްބަލެއްގައި ވެދާނެ ކަމެއް ކަމަށް ސައުދީ އަރަބިއްޔާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމިޝަން އާއި ހަވާލާދީ ސައުދީގެ އޮންލައިން ނޫސްތަކުން ހާމަކޮށްފި އެވެ.

ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ސްމާޓް ޑިވައިސްތަކުގައި ބޭނުންކުރެވޭ މުވާސަލާތީ އެޕްލިކޭޝަންތައް މަނާކުރުމަށް ސައުދީ އިން އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އެފަދަ އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކަށް ސައުދީގެ (ސީއައިޓީސީ) އިން މާރޗް 30 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް (ސީއައިޓީސީ) ގެ ޝަރުތުތައް ފުރިހަމަކުރުމުގެ ގޮތުން މިފަދަ އެޕްލިކޭޝަން ތަކުގައި ދެކެވޭ ވާހަކަ މޮނިޓާކުރެވޭނެ ނިޒާމެއް ފޯރުކޮށްދިނުމައް އެދިފައިވާވެއެވެ. އަދި މި ތާރީޚައް ޝަރުތު ފުރިހަމަ ނުވާނަމަ އެޕްލިކޭޝަންތައް މަނާކުރާނެ ކަން އަންގާފައިވާ ކަމަށެވެ.

ސްމާޓް ފޯން ގެންގުޅުއްވާ ފަރާތްތަކުގެ މެދުގައި ވައިބާ، ވަޓްސްއެޕް، އަދި ސްކައިޕް އަކީ މޯބައިލް އިންޓަނެޓްގައި ހިލޭ މެސެޖުކުރުމާއި ގުޅުމުގެ ހިދުމަތް ފޯރުކޮށްދޭ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި އެޕްލިކޭޝަން ތަކެއްކަން ފާހަގަކޮއްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.