އަރަބިދުނިޔެ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ބައްޝާރުލް އަސަދަށް ތާއީދުކުރާ ޝާމުގެ ޢިލްމުވެރިޔާ މުޙައްމަދު ސަޢީދު އަލްބޫޠީ މަރާލައިފި

ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ބައްޝާރުލް އަސަދަށް ތާއީދުކުރާ ޝާމުގެ ޢިލްމުވެރިޔާ މުޙައްމަދު ސަޢީދު އަލްބޫޠީ މަރާލައިފި

ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ބައްޝާރުލް އަސަދަށް ތާއީދުކުރާ ޝާމުގެ ޢިލްމުވެރިޔާ މުޙައްމަދު ސަޢީދު އަލްބޫޠީ މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ބައްޝާރުލް އަސަދަށް ތާއީދުކުރާ ޝާމުގެ ޢިލްމުވެރިޔާ މުޙައްމަދު ސަޢީދު އަލްބޫޠީ މަރާލައިފިއެވެ.

ބަޔަކު މީހުން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ޢިލްމުވެރިއެއް ކަމަށްވާ މުޙައްމަދު ސަޢީދު އަލްބޫޠީ މަރާލައިފި ކަމަށް ސީރިއާގެ ރަސްމީ ޓީވީން ހާމަކޮށްފިއެވެ. ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މިހަމަލާގައި މުޙައްމަދު ސަޢީދު އަލްބޫޠީ ގެ އިތުރުން 41 މީހަކު މަރުވެ 84 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.

މިސްކިތް ތެރޭގައި ދެވުނުކަމަށް ބުނާ މިހަމަލާގައި މަރުވެފައިވާ މީހުން ވިޑީއޯ ސީރިއާގެ ޓީވީ އިން ދައްކާފައިވާއިރު މިހަމަލާއާއި މެދު އެހެން ގޮތަކަށްވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުޙައްމަދު ސަޢީދު އަލްބޫޠީ މަރުވެފައިވަނީ ބައްޝާރުގެ ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. އެފަދަ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބައްޝާރުގެ ސިފައިންނަށް ކުރިމަތިވަމުން އަންނަ ނާކާމިޔާބުން ސަލާމަތްވުމަށް އަމިއްލަ މީހުންވެސް މަރަމުން އަންނަ ކަމަށާއި މިސްކިތަށް ބޮމުގެ ހަމަލާދިން ކަމަށް ބުނާ އިރު މިސްކިތުގެ އެތެރެއަށް ބޮމުގެ ހަމަލާއަކުން ވެދާނެކަމަށް ބުނާ ގެއްލުންތައް ސީރިއާ ޓީވީއިން ދެއްކި ވީޑިއޯތަކުން ފެންނަން ނެތްކަމަށެވެ.

މުޙައްމަދު ސަޢީދު އަލްބޫޠީ އަކީ ބައްޝާރުގެ ވެރިކަން ދިފާއު ކުރަން ބައްޝާރު ބޭނުންވާ ގޮތައް ފަތުވާ ނެރުމުގައި މަޝްހޫރު އިލްމުވެރިއެއް ކަމަށް ސީރިއާގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެގޮތުން މުޙައްމަދު ސަޢީދު އަލްބޫޠީ ގެ އެންމެ އާދަޔާ ޚިލާފު ފަތުވާއަކީ ބައްޝާރުގެ ފޮޓޯގަނޑަށް ސަޖިދަޖެހުން 'މައްސަލައެއް ނެތް'ކަމަށް ދޭހަވާގޮތަށް ނެރުނު ފަތުވާއެއް ކަމަށްވެސް ވަނީ މީޑިއާގައި އަޑު ފެތުރިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.