1. ލޯތްބާއި އިޙްތިރާމާއެކު ތިބާގެ ފިރިމީހާ އާއި މުޢާމަލާތްކުރާށެވެ. (ދުނިޔޭގައި ކޮށްމެމީހަކީވެސް އިޙްތިރާމާއި، ލޯބިބޭނުންވާނެމީހެކެވެ. ޙާއްސަކޮށް ކައިވެނީގެ ގުޅުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރާ އެކައްޗަކީ އިޙްތިރާމާއި ލޯތްބެވެ. ތިބާ ދާއިމީ ގޮތެއްގައި އޭނާއަށް އިޙްތިރާމް ކުރާނަމަ ، ރައްދުގައި ތިބާއަށް އިޙްތިރާމާއި ލޯބިލިބޭނެއެވެ. އަދި ތިބާގެ މައްޗަށް އޭނާގެ ހިތް ލެބިގެންދާނެއެވެ.)
2. މަޑުމައިތިރިކަމާއި ،އޯގާތެރިކަމާއިއެކު ފިރިމީހާ އާއި މުޢާމަލާތުކުރާށެވެ. (ތިބާގެ ދުލުން ބުނެވޭ ކޮންމެ ލަފްޒަކީ އޭނާގެ ހިތަށް ފިނިކަން ލިއްބައިދެނިވި ލަފްޒަކަށް ހަދާށެވެ. އޭރުން އޭނާއާއި ދިމާވާ ބޮޑެތިކަންކަމުގައި ތިބާއާއި މަޝްވާރާކުރަން ފަށާނެއެވެ. ދިރިއުޅުމުގެ ނިންމުންތައް ނިއްމުމުގެ ފުރުސަތު ތިބާއަށް ލިބޭނެއެވެ.)
3. ރުޅިއަންނަހިދު ވަގުތުން ޖަވާބުދާރީ ނުވާށެވެ. (ކަމެންހައްލުވާނީ ކޮންމެވެސް އެއްފަރާތަކުން ދޫދީގެންކަން އަބަދުވެސް ވިސްނާށެވެ. ދޫދޭނެ ފަރާތަކީ ތިބާކަމުގައިވާށެވެ. ދިމާވިމައްސަލައިގެ ސަބަބު ހޯދުމަށްފަހު ރަނގަޅު ދަނޑިވަޅު ހޯދައިގެން އެވާހަކައެއްދައްކާށެވެ. ފުރަތަމަ އަމިއްލައަށްކުރެވުނުކުށަށް ޢިއުތިރާފްވެ މާފަށްއެދޭށެވެ.)
4. ފިރިމީހާދެކެ ލޯބިވާކަން ޢަމަލީގޮތުން ދެއްކިކަމުގައިވިޔަސް ، ލޯބިވާވާހަކަ ބުނާށެވެ.(މިގޮތުން އޭނާދެކެ ތިބާލޯބިވާކަން ދުލުން ހާމަކުރުމަކީ އޭނާއަށްލިބޭނެ ވަރަށްބޮޑު ފަޚްރެކެވެ. އޭނާ ކޮއްދޭކަންތައްތަކަށް ޝުކުރުވެރިވާކަން ޢަމަލީގޮތުން ހާމާކުރާށެވެ. އަދި އޭނާއަށް ތަޢުރީފްކުރާށެވެ. އެކަމަކު ހަޤީޤަތެއްނެތް ތަޢުރީފް ނުކުރާށެވެ. އޭގެ ސަބަބުން ތިބާގެ ތެދުވެރިކަމާމެދު ސުވާލު އުފެދިދާނެއެވެ.
5. ދުވާލުގެ ވަރުބަލިކަމަށްފަހު ފިރިމީހާ ގެއަށް އަންނަ ވަގުތަށް ތައްޔާރުވާށެވެ. (ގޭތެރެ ސާފްތާހިރުކޮށް ތަރުތީބުކުރުމަށްފަހު ، ތިބާއާއި ދަރިންވެސް ފެންވަރައި ސާފްތާހިރުވެ ޒީނަތްތެރިވެލާށެވެ. ފިރިމީހާއައްޓަކައި އޭނާ ގަޔާވާފަދަ ލުއިކާނާއެއް ތައްޔާރުކުރުމުން އޭނާ ވަރަށް އުފާވާނެއެވެ. އަދި އުފާވެރިކަމާއި ހިނިތުންވުމާއެކު ހެއޮބަސްތަކުން އޭނާއަށްމަރުޙަބާކިޔާށެވެ.)
6. ފިރިމީހާގެ ފަރާތުންނާއި ދަރިންގެ ފަރާތުން ދިމާވާ ހިތްހަމަނުޖެހުންތައް ހައްލުކުރުމަށްޓަކައި ވާހަކަދެއްކުމަށް އެއްމެ އެކަށޭނެވަގުތު ހޯދާށެވެ. (ފިރިމީހާއަށް ފުސްމޫނު ނުދައްކާށެވެ. ވަރުބަލިވެފައި ހުންނަ ވަގުތަކީ ރުޅިއިސްކުރެވިދާނެ ވަގުތެކެވެ. ރުޅިއަކީ އިންސާނާގެ ސިކުނޑި ހަމައިންނައްޓުވާލާ، ބަހާއި އަމަލު ހުތުރުކޮށްލާނެ އެއްޗެކެވެ. ޒުވާބުކުރުމާއި ތަޅާފޮޅުމަކީ، ދެމަފިރިން ދެމެދުގައި އޮންނަ އިޙްތިރާމް ގެއްލި ލޯބިއުނިވެގެންދާ ކަމެކެވެ.
އެކި ފިރިހެނުންގެ މިޒާޖު ތަފާތުވާނެއެވެ. ބައެއްފިރިހެނުން އެއްމެ ހަމަޖެހޭވަގުތަކީ ކެއުމަށްފަހު ނުވަތަ ކެއުމުގެތެރޭގައި ކަމަށްވެދާނެއެވެ. އަނެއްބަޔަކު އެއްމެ ހަމަޖެހޭވަގުތަކީ ލޯބިކުރުމަށްފަހު ކަމަށްވެދާނެއެވެ. އަނެއްބަޔަކު އެއްމެ ހަމަޖެހޭވަގުތަކީ ގުދުރަތީ މަންޒަރުފެންނަ މާހައުލެއްގައި ހުންނަވަގުތުކަމަށްވެދާނެއެވެ. ތިބާގެ ފިރިމީހާގެ މިޒާޖުރަނގަޅަށް ދަނެގަގަތުމަށްފަހު މިފަދަކަންތައްތަށް ކުރިއައްގެންދިއުން ބުއްދިވެރިއެވެ.
7. ފިރިމީހާ ގެޔަށްއައުމަށްފަހު އޭނާއާއެކީ ވަގުތުކޮޅެއް ހޭދަކުރާށެވެ. (ރީތިކޮށް އެދުތައްމަތިއަޅާ ކޮޓަރީގަޔައި ތިބާގެ ހަށިގަނޑުގައި މަޑުމަޑު މީރުވަހެއް ދުއްވާލާށެވެ. އޭނާއައުމުން އޭނާގެ ހަށިގަނޑަށް އަރާމްލިއްބައިދެނިވި ކަމެއްކުރާށެވެ. ތިބާގެ ނަފްސު އެކަމަށް ތަންދޭނަމަ އޭނާ ތިބާއަށް އެދިދާނެކަމުގެ އިންތިޒާރުގަހުންނާށެވެ.)
8. ދިރިއުޅުން މުސްކުޅިނުކުރާށެވެ. (ތިބާގެ އުމުރުން ދުވަސްވުމަކީ ދެމަފިރިންގެ ދެމެދުގައިވާ ގުޅުންހީނަރުކުރަންޖެހޭ ކަމެއްނޫނެވެ. ދިރިއުޅުން ޒުވާންކަންމަތީ ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާށެވެ. މިގޮތުން ދެމީހުންގެ ކައިވެނީގެ ފުރަތަމަ ދުވަސްވަރު ކޮއްފައިވާ އުފާވެރި ކަންކަމުގެ ވާހަކަދައްކާށެވެ. ލޯބިވެތި ބަސްތަކާއި ޢަމަލުތަކުގެ ވާހަކައިން ލޯބީގެ ޖަޒުބާތުތަށް ހޭލައްވާލާނެއެވެ. ހިތުތެރޭގައި އުފާވެރިކަން އުފައްދައިދޭނެއެވެ.)
9. ހަމައެކަނި ތިބާގެ ރީތިކަމުގެ ޖާދޫގާ އޭނާޖައްސަންނޫޅޭށެވެ. (މުރާލިކަމާއި ގެވެހިކަމަށް އިސްކަންދޭށެވެ. ކޮންމެ ޒަމާނެއް އައިކަމުގައިވިޔަސް ހަގީގީ އަންހެނުންނަކީ ގެވެހި އަންހެނުންކަމުގައި ހުރިހާ ފިރިހެނުންވެސް އެއްބަސްވާނެއެވެ. ތިބާއަކީ ރަހަހެޔޮވަރުކޮށް ކައްކަން ދަންނަމީހަކަށްވާށެވެ. ފިރިމީހާއަށް ތެދުވެރިވެ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން ދަންނަމީހަކަށްވާށެވެ. ތިބާގެ މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް އަދި ފިރިމީހާގެ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތާށެވެ. ގިނަފިރިހެނުން އެމީހުންގެ މަންމަޔާއި ގުޅިގެން އުޅެން ދަންނަ އަބިންދެކެ ވަރަށްލޯބިވާނެއެވެ.
ވަކިތާވަލެއްކަނޑައަޅައިގެން ދުވަހުގެ މަސަތްކަތްކުރުމަކީ އަޅުކަންކުރުމަށް ވަގުތުލިބި، މަސަތްކަތްތައް ފުނިނުޖެހި ވަކިވަގުތަކަށް ނިއްމާލުމަށް އެޅޭވަރަށް ބޮޑު ފިޔަވަޅެކެވެ.)
10. ފިރިމީހާއާމެދު ރުހުމުގެ ލޮލަކުން ދެކޭށެވެ. (ފިރިމީހާއާއިމެދު ޝައްކުކޮށް ހިތުގައި ވަހުމު ނުއުފައްދާށެވެ. ކަމުގެދެކޮޅުނުބަލާ ރުޅިއިސްނުކުރާށެވެ. މާޒީވެދިޔަތަނުގައި ހިގާފައިވާ ހިތްދަތި ކަންކަމުގެ ވާހަކަ ތަކުރާރުކޮށް ނުދައްކާށެވެ. ތިބާ އޭނާއަށް މާފްކޮށްފާވާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ.
ފިރިމީހާ ތިބާއަށް ނޮކޮށްދީހުރިކަންތައްތަކުގެ މަތީން ހަދާންކުރުމުގެ ބަދަލުގައި، ތިބާ އޭނާއަށް ނޮކޮށްދީހުރި ކަންތަކުގެ މަތީންހަދާންކުރާށެވެ. ކަމާނުބެހޭ މީހުންކައިރީގައި ފިރިމީހާގެ ނޭދެވޭ ސިފަތަކުގެ ވާހަކަނުދައްކާށެވެ.
ގޮތްދޫކުރުމާއިނުލާ ކައިވެނީގެ ގުޅުން ބާއްޖަވެރި ނުކުރެވޭނެއެވެ.)
ކޮމެންޓް (0)
ލޯޑް ކުރަމުން...