ދުނިޔެ އަލިފާނުގެ ގިނިހިލަތަކެއް ވެހި 500 މީހުންނަށް އަނިޔާ ވެއްޖެ

އަލިފާނުގެ ގިނިހިލަތަކެއް ވެހި 500 މީހުންނަށް އަނިޔާ ވެއްޖެ

އަލިފާނުގެ ގިނިހިލަތަކެއް ވެހި 500 މީހުންނަށް އަނިޔާ ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައިބީރިއާއަށް އަލިފާނުގެ ގިނިހިލަތަކެއް ވެހި 500 މީހުންނަށް އަނިޔާ ވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި 500 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާ ވިކަމުގައި ބޭރުގެ މީޑިޔާތަކުން މައުލޫމާތު ދެއެވެ. ސައިބީރިއާގެ އާއްމުން ބުނި ގޮތުގައި މިއީ އަލިފާނުގެ ވާރޭއެކެވެ.

ސައިބީރިއާގެ މިނިސްޓްރީ އޮފް އެމަޖެންސީ ސިޗުއޭޝަންއިން ބުނީ ގޮތުގައި މިއީ ސައިބީރިއާގެ ހުޅަނގުގެ ސަރަހައްދުތަކުގެ މަތިން ދަތުރު ކުރި ގިނި ހިލައަކުން ބައިބައިވެގެން ވެހުނު އެއްޗެހިތަކެއް ކަމަށް މައުލޫމާތު ދިނެއެވެ. މިކަމުގެ ސަބަބުން އަދި އެއްވެސް މީހަކު މަރުވެފައި ވާކަމަށް ރިޕޯޓް ކޮށްފައި ނުވެއެވެ. ނަމަވެސް މި ގިނި ހިލަތަށް ވެއްޓުނު އިރު އެކި އިމާރާތްތަކުގެ ބިލޫރިތަށް ތަޅައިގެން ގޮސް ވަރަށް ގިނަ އާއްމުނަށް އެކިވަރުގެ އަނިޔާވެފައި ވެއެވެ.

2012 ޑީއޭ 14"ގެ ނަން ދީފައިވާ ކުޑަ ގިނި ހިލައެއް ދުނިޔޭގެ ވަރަށް ކައިރިން މިއަދު ދަތުރުކުރާނެ ކަމަށް މީގެ ކުރިން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވާ ނަމަވެސް، ސައިބީރިއާ އަށް ވެހުނު "އަލިފާނުގެ ގިނިހިލަ" އާ "2012 ޑީއޭ 14" ދެމެދު އެއްވެސް ގުޅުމެއްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރުވެފައެއްނުވެ އެވެ. ދުނިޔެއަށް ވެއްޓޭނަކަން ފުރުސަތު ނެތް ކަމުގައި ވީ ނަމަވެސް ގިނިހިލައެއް ވެއްޓުމުން އުފެދޭ ޒާތުގެ "އިމްޕެކްޓް ކުރޭޓަރ"އެއް އުފެދިފައިވާ ކަމަށް ސާބިއާގެ ޗެލްޔަބިންސްކް ސަރަހައްދުގެ ގަވަރުނަރާއި ބުނެފައި ވެއެވެ..

ސައިބިރިޔާގެ ގިނައިން ގިނި ހިލަ ފޭބި ސަރަޙައްދަކީ ވަރަށް ގިނަ ނުއުކިލާ ހަދާ ފެކްޓަރީ ހިމެނޭ ސަރަހައްދެކެވެ. ނަމަވެސް މިއީގެން ފެކްޓަރީއަށް ގެއްލުމެއް ލިބުނުކަމެއް ރިކޯޑު ކުރެވިފައި އެއް އަދި ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.