އަރަބިދުނިޔެ މިޞްރުގެ އިސް މުފްތީއަކަށް އާ ބޭފުޅަކު އިންތިޚާބުކޮށްފި

މިޞްރުގެ އިސް މުފްތީއަކަށް އާ ބޭފުޅަކު އިންތިޚާބުކޮށްފި

މިޞްރުގެ އިސް މުފްތީއަކަށް އާ ބޭފުޅަކު އިންތިޚާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޑރ.ޝައުޤީ އިބްރާހީމް (ކ ) / ޑރ. ޢަލީ ޖުމްޢާ (ވ

ޑރ.ޝައުޤީ އިބްރާހީމް (ކ)   ޑރ. ޢަލީ ޖުމްޢާ (ވ)

މިޞްރުގެ އިސް މުފްތީއަކަށް ޖާމިޢުލްއަޒްހަރުގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. ޝައުޤީ އިބްރާހީމް ޢަބްދުލްކަރީމް އިންތިޚާބުވެވަޑައިގެންފިއެވެ.

އާ މުފްތީ އިންތިޚާބުކުރެއްވީ ޖާމިޢުލްއަޒްހަރުގެ ސީނިއަރ ޢިލްމުވެރިންގެ ކައުންސިލަކުންނެވެ. މި އިންތިޚާބުގައި ޑރ. ޝައުޤީ އާއި ވާދަކުރެއްވީ އިޚްވާނުލްމުސްލިމޫން ޖަމާޢަތަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅެއްކަމަށް ޚަބަރު ލިބެއެވެ. ޑރ. ޝައުޤީ އަކީ އިސްލާމީ ފިޤުހުގެ ޕްރޮފެސަރެކެވެ. އޭނާއަކީ އެއްވެސް ސިޔާސީ ޖަމާޢަތަކަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅެއްނޫނެވެ.

މީގެކުރިން މިޞްރުގެ މުފްތީއަކަށް ހުންނަވަނީ ޖާމިޢުލްއަޒްހަރުގެ އެންމެ އިސް ޢިލްމުވެރިޔަކަށް ހުންނަވާ ބޭފުޅެކެވެ. އަދި އެބޭފުޅަކު ޢާންމުގޮތެއްގައި ގެންދެވީ އޭރަކު ހުންނަ ވެރިއަކަށް ތާއީދުކުރައްވަމުންނެވެ.

ޙުސްނީ މުބާރަކްގެ ވެރިކަމަށްފަހު ޖާމިޢުލްއަޒްހަރުން ގެންދަނީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ކުރިއަށް ދިއުމަށް މަސައްކަތްކުރަމުންނެވެ.

މިޞްރުގެ އިސް މުފްތީގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ ޑރ. ޢަލީ ޖުމްޢާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.