އަރަބިދުނިޔެ މެލޭޝިޔާގެ ބޮޑުވަޒީރު ޣައްޒާ އަށް ވަޑައިގެންފި

މެލޭޝިޔާގެ ބޮޑުވަޒީރު ޣައްޒާ އަށް ވަޑައިގެންފި

މެލޭޝިޔާގެ ބޮޑުވަޒީރު ޣައްޒާ އަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޖީބް އަބްދުއްރައްޒާޤު

މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަބްދުއްރައްޒާޤު އިޒްރޭލުން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާ ވަޑައިގެންފިއެވެ.

ރަފަހު ބޯޑަރު ހުރަސްކުރައްވައި ޣައްޒާ އަށް ޒިޔާރަތްކުރެއްވުމުން ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުންނަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ އިސްކޮށް ހުންނަވައިގެން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ޣައްޒާއަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބޮޑުވަޒީރު ނަޖީބު ވަނީ އިޒްރޭލުގެ އިސްތިޢުމާރާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ހިތްވަރަށް ތަޢުރީފުކުރައްވައިފައެވެ. އަދި ފަލަސްޠީނުގެ ޖަމާޢަތްތައް އެކުވެރިވެ އެކަތިގަނޑަކަށް ވުމަމަށް ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ.

ނަޖީބުގެ މި ދަތުރުފުޅުގައި ޣައްޒާގެ ތަރައްޤީއަށް ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޣައްޒާގެ ކެބިނެޓް ބިލްޑިންގް ގެ ބިންގާ އަޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ އިޒްރޭލުން މިދިޔަ ނޮވެމްބަރު މަހު ދިން ޙަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޤަޠަރުގެ އަމީރުވެސް ވަނީ ޣައްޒާ އަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

ޓެގް

މެލޭޝިޔާ ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.