އަރަބިދުނިޔެ ސޫރިޔާގެ ހަނގުރާމައިގައި އަންހެނުންނަށް ޖިންސީ ގޯނާކުރުން އާންމުވެފައި

ސޫރިޔާގެ ހަނގުރާމައިގައި އަންހެނުންނަށް ޖިންސީ ގޯނާކުރުން އާންމުވެފައި

ސޫރިޔާގެ ހަނގުރާމައިގައި އަންހެނުންނަށް ޖިންސީ ގޯނާކުރުން އާންމުވެފައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

SYRIA-CONFLICT

2011 ވަނަ އަހަރުގެ މާރޗު މަހުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އަންހެނުންގެ އިއްފަތް ފޭރިގަތުމަކީ ބޭނުންކުރެވެމުންދާ ފާހަގަ ކުރެވޭ ހަތިޔާރެއްކަމަށާއި ރެފިއުޖީންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން އަވަށްޓެރި ޖޯޑަންއަށާއި ލުބުނާންއަށް ދިޔުމަށް މެދުވެރިވާ މައިގަނޑު ސަބަކީވެސް މިއީ ކަމަށް އެހީދޭ ޖަމާޢަތަކުން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

އެމެރިކާގެ އައި.އާރު.ސީ އިން ނެރުނު ރެޕޯޓެއްގައި އަންހެނުންގެ އިއްފަތް ފޭރިގަތުން ސިފަކޮށްފައިވަނީ ސޫރިޔާގެ ހަނގުރާމައިގެ ފާހަގަކުރެވޭ އަދި އުނދަގޫކުރަނިވި ސިފައެއްގެ ގޮތުގައެވެ. އަދި ސޫރިޔާގައި އުޅެމުންގެންދާ އަންހެނުންނާއި ކުޑަކުދިން ޤައުމު ދޫކޮށް އަވަށްޓެރި ލުބުނާންއާއި ޖޯޑަން އަށް ދިޔުމަށް މެދުވެރިވާ މައިގަނޑު ސަބަބީކެވެސް މިއީ ކަމަށް އެ ރިޕޯޓުން ހާމަވެއެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް އާންމުތަންތަނުގައާއި އެމީހުންގެ އަމިއްލަ ގެދޮރުގައި މިފަދަ ހަމަލާތައް އަމާޒުވެފައިވާކަމަށާއި މި ފަދަ ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުވަނީ ހަތިޔާރު އެޅި މީހުންގެ ފަރާތުންކަމަށް މި ރިޕޯޓުން ހާމަވެއެވެ. އަދި މިފަދަ ހާދިސާތައް ވަރަށް ގިނަފަހަރު އާއިލާގެ މީހުންގެ ކުރިމަތީގައި ހިނގައިފައިވާކަމަށްވެސް މި ރިޕޯޓުގައިވެއެވެ. މީގެ އިތުރުން އަންހެން ކުދިންނާއި އަންހެނުން ކިޑްނެޕްކޮށް ޢިތްފަތްފޭރިގަނެ، އަނިޔާކޮށް، މަރާލެވިފައިވާ ހާދިސާތަކުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށް އައި.އާރު.ސީ އިން ހާމަކުރެއެވެ.

އަވަށްޓެރި ޤައުމުތަކުގައާއި އުތުރު އެފްރިކާގައި ރަޖިސްޓްރީ ކުރެވިފައިވާ ސޫރިޔާގެ ރެފިއުޖީންގެ އަދަދު 6 ލައްކަ އަށްވުރެ އިތުރުވެފައިވާކަމަށް އ.ދ ގެ ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނުގެ އޮފީހުން ހުކުރު ދުވަހު ހާމަކޮށްފައިވާއިރު  މި ހަނގުރާމަ މެދުނުކެނޑި ކުރިއަށް ދާނަމަ ޖޫން މަހުގެ ނިޔަލަށް 1.1 މިލިއަނަށް އަރާނެކަމަށް އ.ދ އިން ލަފާކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.