އަރަބިދުނިޔެ ސަޢޫދީ ޢަރަބިއްޔާގެ ޒަކާތާއި ޓެކްސްގެ ރެވެނިއު 23.5 ބިލިއަން ސަޢޫދީ ރިޔާލަށް އަރައިފި

ސަޢޫދީ ޢަރަބިއްޔާގެ ޒަކާތާއި ޓެކްސްގެ ރެވެނިއު 23.5 ބިލިއަން ސަޢޫދީ ރިޔާލަށް އަރައިފި

ސަޢޫދީ ޢަރަބިއްޔާގެ ޒަކާތާއި ޓެކްސްގެ ރެވެނިއު 23.5 ބިލިއަން ސަޢޫދީ ރިޔާލަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

400103_468692813177735_722998791_n
މިދިޔަ ހޮނިހިރު ދުވަހު ސުޢޫދީ ގެ ޒަކާތް އެންޑް ޓެކްސް ރެވެނިއު ޑިޕާރޓްމަންޓުން މަޢުލޫމާތު ދެއްވި ގޮތުގައި 2012 ވަނަ އަހަރުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 23.5 ބިލިއަން ސަޢޫދީ ރިޔާލަށް އަރާފައެވެ. މިއީ އޭގެ ކުރިޔާ އަޅާ ބަލާއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.
ސަޢުދީ ދައުލަތަށް މިދިޔަ އަހަރު އާމްދަނީ ވައިން ނިސްބަތް އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމުގައި މިޑީޕާރޓްމަންޓުން ފާހަގަ ކުރައްވަނީ ށަޢޫދީގައި މިހާރު އިތުރުވަމުން އަންނަ އިޤްތިޞާދީ ޙަރަކާތްތަކާއި އިޤްތިޞާދީ މަސައްކަތްތެރިކަމެވެ.
މީގެ އިތުރުން ޓެކްސާއި ޒަކާތުގެ ފައިސާ ނެންގެވުމުގެ މަސައްކަތުގައި ބޭނުންކުރެވުނު ޒަމާނީ އައިޓީ ސިސްޓަމްތަކުގެ ސަބަބުންވެސް މި މަސައްކަތަށް އިތުރު ކުރިއެރުމެއް އައި ކަމަށްވެސް މިޑިޕާރޓްމަންޓުން ފާހަގަ ކުރައްވައެވެ.
މިދިޔަ އަހަރު ސުޢޫދީ ސަރުކާރަށް ވިޔަފާރިން ނެގުނު ޒަކާތުގެ ގޮތުގައި 11 ބިލިއަން ސުޢޫދީ ރިޔާލު ލިބިފައިވެއެވެ. އަދި ބޭރުގެ ކުންފުނިތަކުން ނެގޭ ޓެކްސްގެ ގޮތުގައި 12 ބިލިއަން ސުޢޫދީ ރިޔާލު ލިބިފައިވެއެވެ.
މިޑިޕާރޓްމަންޓަށް ޒަކާތުގެ ގޮޓުގައި ލިބޭ ފައިސާ އޭގެ ޙައްޤުވެރިންނަށް އަދާކުރުމަށްޓަކައި ކޮންމެދުވަހަކުވެސް ސަޢޫދީ އަރަބިއަން މަނިޓަރީ އެޖެންސީގެ ޒަކާތު އެކައުންޓަށް އެފައިސާ ޖަމާކުރެވެއެވެ.

ޓެގް

ސަޢުދީ ޢަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.