އަރަބިދުނިޔެ 2.5 މިލިއަން މުސްލިމުންނާއި އެކު ޙައްޖުގެ އަޅުކަން ފަށައިފި

2.5 މިލިއަން މުސްލިމުންނާއި އެކު ޙައްޖުގެ އަޅުކަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

2.5 މިލިއަން މުސްލިމުންނާއި އެކު ޙައްޖުގެ އަޅުކަން ފަށައިފިއެވެ.

ޙައްޖު ފެށުމުގެ ކުރިން ދިއިސްލާމްއަށް ފޯނުން މައުލޫމާތު ދެއްވަމުން ސައުދީގައި ހުންނެވި ޙައްޖުވެރިއަކު ހާމަކުރެއްވި ގޮތުގައި "ދިވެހި ޙައްޖުވެރިންގެ ހާލު ރަނގަޅު." ކަމަށެވެ. ޙައްޖުވެރިންނަށް މިފަހަރު އެތަކެއް ފަސޭހަތަކެއް ލިބިގެންދާއިރު ޙައްޖުގައި މިފަހަރު ބައިވެރިވި މީހުންގެ އަދަދު ގިނަކަންވެސް ފާހަގަކުރެވެއެވެ. ރާއްޖެއިން މިފަހަރު ޙައްޖަށް ވަޑައިގެންނެވި ހުރިހާ ޙައްޖާޖީންނަށްވެސް ހަރަމްފުޅަށް ދާންޖެހޭ ވަގުތައް ދެވިފައިވާކަމަށާއި އަރަފާތު ބިމަށް ޙައްޖުވެރިންނަށް ރޭ ދަންވަރުގެ ވަގިތެއްގައި ގޮސްފައިވާކަމަށްވެއެވެ. އަދި އަރާމު ކޮށްލުމަށްފަހު ފަތިސް ނަމާދުކޮށްގެން މެންދުރު ވަންދެން އަޅުކަމުގައި ވަގުތު ހޭދަކޮށްފައިވާކަމަށް ހަބަރު ލިބެއެވެ.

ޙައްޖު އަޅުކަން ކުރަން ދުނިޔޭގެ ކަންކޮޅުތަކުން މީހުން ޖަމާވެފައިވާއިރު މިއީ ދުނިޔޭގައި އެއްތަނަކަށް އެއްވެގެން ކުރިއަށްދާ އެންމެ ބޮޑު އަޅުކަމުގެ އިހުތިފާލެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.