އަރަބިދުނިޔެ ޙައްޖުވެރިން ދަތުރު ކުރަން ގާއިމުކުރި ރޭލުގެ ހިދުމަތް ފަށައިފި

ޙައްޖުވެރިން ދަތުރު ކުރަން ގާއިމުކުރި ރޭލުގެ ހިދުމަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ ޝަހޫ

ޙައްޖުވެރިން ދަތުރު ކުރަން ގާއިމުކުރި ރޭލުގެ ހިދުމަތް ފަށައިފިއެވެ.

"މައްކާ މެޓްރޯ"ގެ ނަމުން ނަންދެވިފައިވާ މިރޭލްވޭ އަކީ މިނާ އާއި މުޒްދަލިފާ އަދި އަރަފާތުގެ ފަރުބަދަ ގުޅުވައިދޭ ރޭލްވޭއެކެވެ. ހައްޖުވެރިންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ މިރޭލްވޭ މިރޭ ހުޅުވާފައިވާއިރު 1.8 ބިލިއަން ޑޮލަރުވަނީ މިކަމަށް ހަރަދު ކޮށްފައެވެ. ހަބަރުތައް ބުނާގޮތުގައި މިއީ އަދި މިމަޝްރޫއުގެ އެއްބައެވެ، މިމަޝްރޫއު އެކުގައި ނިމުމުން ގަޑިއަކު 72000 ހައްޖުވެރިންނަށް ދަތުރު ކުރެވޭނެއެވެ. އަދި މިމަޝްރޫއުއަށް ޖުމްލަ 6.65 ބިލިއަން ޑޮލަރު ހަރަދު ކުރެވޭނެއެވެ. މިހާތަނަށް މިމަޝްރޫއުގެ ނިމުނީ 35 އިންސައްތައެވެ.

ހައްޖުވެރިންނަށް އެތައް ގުނަ ފަސޭހައެއް މިރޭލުން ލިބިގެންދާއިރު ގަޑިއަކު 225  މޭލުގެ ބާރުމިނުގައި މިރޭލް ދުވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ޓެގް

އަރަބި ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.