ރިޕޯޓް އޭ އަޅުގަނޑު ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަދިވެސް އެކުވެރި ވާކަށް ނުވޭތޯއެވެ.

އޭ އަޅުގަނޑު ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަދިވެސް އެކުވެރި ވާކަށް ނުވޭތޯއެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަޙްމަދު ޢާޞިމް

ތަޢުހީދުގެ ދެކަލިމަ ކިޔާ އޭގެމާނަ ހިތުން ޤަބޫލުކުރުމާއެކު، އަޅުގަނޑުމެން އެންމެން މިވަނީ އަޚުންތަކެއްގެ ގޮތުގައި ވެފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ގުނަވަނަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެހަށިގަނޑު ހިއްޞާވާނެއެވެ. އެގުނަވަނެއްގައި ކޮންމެ ވޭނެއްގައި އެހަށިގަނޑު ތަހައްމަލް ކުރާނެއެވެ. ހަމައެގޮތަށް އަޅުގަނޑުމެން މުސްލިމުންކަމުގައި ވުމަށްފަހު އެއްމުސްލިމަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި ދެންތިބި އެންމެން ބައިވެރިވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެއީ ފުރިހަމަ މުސްލިމުންގެ ގޮތެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

މީގެ ދެ ތިން އަހަރެއް ކުރިން އަޅުގަނޑުމެންގެ ތެރެއަށް އައި ސިޔާސީ ހަމަނުޖެހުން އަދިވެސް މިއޮތީ ހަމައެގޮތަށެވެ. ހިތާމަ ހުރިކަމެކެވެ. ވަކި ކުލައެއްގެ މީހަކަށް ވީމަ ވަޒީފާ ދިނުން އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކި ކުލައެއްގެ މީހެއްވީމަ ބޭސްފަރުވާއަކަށް އެހީއެއް ހޯދަން ދިޔުމުން އެހީއެއް ނުލިބެއެވެ. ވަކި ޕާޓީއެއްގެ މީހެއްވީމަ ދެންއެވީ މުޅިއުމުރަށް އަނގައިން ނުބުނެ ހުންނާށެވެ. މިކަމުގެ ސަބަބުން ދެމެފިރިން އެއްއެނދެއްގައި ނިދުން ހުއްޓާލައި ޢާއިލާތައް ރޫޅިއްޖެއެވެ. މީ ހިތާމައިގެ ކޮޅުނެތް ކޮޅަށް ހިތާމަކުރަން ޖެހޭކަމެކެވެ. މިއީ މުސްލިމުންގެ ގޮތްހެއްޔެވެ. މިހާލަތަކީ މީގެ 1400 އެތައް އަހަރެއްގެ ކުރިން ތަޢުހީދުގެ އަސަރެއް ނެތް އިރު އެކިފަންތީގައި ތަފާތު ކުރުމުގައި ގެންގުޅުނު ހާލަތަށްވުރެ ދަށުދަރަޖާގެ ކަމެކެވެ.

މިދުނިޔޭގެ ހުރިހާ މުސްލިމުންގެ ތެރޭގައި ޔަހޫދީ ސިއްހޫނީ ބޯވަތަކުގެ ފައިތައް ޘާބިތުކޮށް އެމީހުންގެ ގޮތް ފަތުރާ މިމާތް ދީނުގެ ބާރުކަނޑުވާލަން ކުރާ މަސައްކަތާމެދު ވިސްނާލާނެ ސިކުނޑިއެއް ނެތި ހުސްވިތޯއެވެ. މިދަރަޖައަށް އަލުގަނޑުމެން މުސްލިމުން ވެއްޓުނު ގޮތާމެދު ސުވާލުކޮށް އަހާނެ ދޫތަށް ނެތުނީ ތޯއެވެ. މުސްލިމުންގެ ހާލަތު އޮތް ގޮތަށް ބަލާލަން ކެރޭ ލޮލެއްވެސް ހަމަ ނެތުނީ ތޯއެވެ. ޞުބުޙާނަﷲ އެވެ. އަޅެފަހެ އަޅުގަނޑުމެންގެ ތެރެއިން ހާލިދު ބިން ވަލީދުފަދަ ޞަލާހުދީނުލް އައްޔޫބީފަދަ ބަޠަލެއް ހަމަ މިދުނިޔޭގެ އަލިކަމުގައި ނުވަނީ ތޯއެވެ.

ކުރިސްޓިއަނުންގެ ރޭވުން ކިތައްމެހާ ރަނގަޅަކަށްވެސް ކާމިޔާބު ކޮށްފިއެވެ. އަޅުގަނޑުމެންގެ މުސްލިމް ފަހުލަވާނުންތައް ބަލިކަށިކޮށް، ބައިބައި ކޮށްފިއެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކާ ޖައްސާ އެކަމުގެ ތެރޭގައި އެމީހުން މަސްޣޫލު ކުރުވާފިއެވެ. މިގޮތުގައި މުސްލިމުން ބައިތިއްބައިގެން އެމީހުން އެދަނީ އެމީހުންގެ ދީންފަތުރަމުންނެވެ. އެމީހުން އެދަނީ އަޅުގަނޑުމެންގެ މުގައްދަސް ބިންތައް އަތުލާ އެތާނގެ މުސްލިމުން ނިކަމެތިންނަށް ހަދަމުންނެވެ. އަދިވެސް އަޅުގަނޑުމެންވީ މިގޮތުގައި ތިބެން ތޯއެވެ. ނޫނެކެވެ. މިކަމުން ސަލާމަތްވާށެވެ. ހަމަގައިމުވެސް ދެނެއް އަޅުގަނޑަކަށް ކެތެއް ނުވާނެއެވެ.

އެއްމުސްލިމަކު އަނެއް މުސްލިމަކަށް ރަނގަޅަށް ދެކޭށެވެ. ކޮންމެ މުސްލިމަކީވެސް ހަށިގަނޑުގެ އެއްބައިކަމުގައި ހަދާށެވެ. މިކަން އަޅުގަނޑުމެންނަށް ކާމިޔާބުވާނެއެވެ. މިކަން ކާމިޔާބުކުރެވޭނީ ކަންތައްތަކެއް ކުރެވިގެންނެވެ. އޭގެތެރޭގައި

1- މުސްލިމުންގެ އަޤީދާ ވަރުގަދަކުރުން
2- އިސްލާމީ ޝަރީއަތުގައި ފަރުޟުކުރައްވަފައިވާ އަޅުކަންތައްތައް ބަރާބަރަށް އަދާކުރުން
3- އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ތަންފީޒުކުރުން
4- ތަފާތު ކުރުންތައް ނައްތާލުން
5- ހުރިހާ މުސްލިމުންނަކީ އަޚުންތަކެއްގެ ގޮތުގައި ބެލުން
6- އެއްމުސްލިމަކު އަނެއް މުސްލިމަކަށް ހުރިހާ ކަމެއްގައިވެސް އެހީތެރިވުން

ގޯސްކަންތައް ކުރާމީހުންނަށް އެހީތެރިވާނީ އެކަމުން އޭނަ ސަލާމަތްވެގެން ނުވަތަ އެކަމުން ސަލާމަތް ވާނޭގޮތް ކިޔާދީ ނަޞާހަތްތެރިވެގެންނެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކީ އަޚުންތަކެއްގެ ގޮތުގައި ﷲ މިންވަރުކޮށްދިނުމާއި މުސްލިމުންނަށް ބާރުދެއްވުމެވެ. އާމީން!

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.