އަރަބިދުނިޔެ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި 31 މީހުން ޝަހީދުވެ 300 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި 31 މީހުން ޝަހީދުވެ 300 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި 31 މީހުން ޝަހީދުވެ 300 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: އޭޕީ

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުގެ ޢަސްކަރިއްޔާއިން ވޭތުވެދިޔަ 3 ދުވަހު މެދުކެނޑުމެއްނެތި ދެމުންގެންދިޔަ ޓެރަރިސްޓް ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 31 މީހުން ޝަހީދުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރުދުވަހުގެ ޙަމަލާތަކުގައި 24 މީހުން ޝަހީދުވެ 270 މީހުން ވަނީ ޒަޚަމްވެފައެވެ. ރިޕޯޓްގައިވާގޮތުން ޒަޚަމްވި 300 މީހުންގެ ތެރޭގައި 96 އަންހެނުންނާއި 101 ކުޑަކުދިންވެސް ހިމެނެއެވެ. ބުދަ ދުވަހުން ފެށިގެން މިހާތަނަށް 600 އަށްވުރެ ގިނަ ވައިގެ ޙަމަލާ އިޒްރޭލުގެ ޢަސްކަރިއްޔާއިން ޣައްޒާއަށް ވަނީ ދީފައެވެ.

އަނެއްކޮޅުން އިޒްރޭލުގެ ޙަމަލާތަކުގެ ރައްދުގައި ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ގޮފި ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ މުޖާހިދުން ފޮނުވައިލި ރޮކެޓް ޙަމަލާތަކެއް ޒަޔަނިސްޓް ދައުލަތުގެ ވެރިރަށް ޓެލްއަވީވަށް އަނެއްކާވެސް އަމާޒުވެއްޖެކަމަށް އެޖަމާޢަތުން ބުނެފިއެވެ.

އެޖަމާޢަތުން ނެރެފައިވާ ބަޔާނެއްގެ ބުނެފައިވަނީ ޣައްޒާގައި ޙަރަކާތްތެރިވަމުން ގެންދާ އެޖަމާޢަތުގެ މުޖާހިދުން 75 ކިލޯ މީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިގެންވާ ރޮކެޓުން ޓެލްއަވީވަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި އިޒްރޭލުގެ ބައެއް މީހުން މަރުވެ އަދި ބައެއް މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުގެ މީޑިޔާތަކުންވެސް ވަނީ ޣައްޒާއިން ފޮނުވައިލި ރޮކެޓްތަކެއް ޓެލްއަވީވަށް އަމާޒުވެ ބައެއް ގެތަކަށް ގެލުންލިބިފައިވާކަމަށް ޚަބަރުދީފައެވެ. ފަލަސްޠީނުގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން ޓެލްއަވީވް ފޭރިގަނެގެން ތިބި ޔަހޫދީންވަނީ ގެއިން ބޭރަށް ނުކުމެ އުޅެން ޖެހިލުންވެ ބިރުގަނެ ކަންބޮޑުވެފައި ކަމަށްވެސް ޚަބަރުލިބެއެވެ.

މީގެ ދެ ދުވަސް ކުރިން އަލްޤައްސާމް ބްރިގޭޑްގެ "އަލްފަޖްރު" ރޮކެޓްވެސް ވަނީ ފުރަތަމަ ފަހަރަށް ޓެލްއަވީވާ ހަމަޔަށް ފޯރައިފައެވެ. އެޙަމަލާގެ ސަބަބުންވެސް ޒަޔަނިސްޓުންގެ 4 މީހަކު މަރުވެފައިވެއެވެ.

__________________________________-

މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.