ޕްރިންސް އަލް ވަލީދު ގްރައުންޑް ޒީރޯ ކައިރީ އިސްލާމިކް ސެންޓަރު އެޅުމާއި ދެކޮޅުމަށް ބުނެފިއެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސް އަދި ބިލިއަނާރ މިފަދައިން ހާމަކޮށްފައިވަނީ 'އަރަބިއަން ނިއުސް' އަށް ދީފައިވާ އިންޓަވިއުއެއްގައެވެ. އިންޓަވިއުގައި އޭނާ ބުނެފައިވަނީ "ސެޕްޓެމްބާރ 11 ގެ ހަމަލާ ދެވުނުތަނުގެ ކައިރީ މިސްކިތް އެޅުމާއި އަހަރެން ދެކޮޅު، އެތަނުގައި މަރުވި މީހުންނަށް އިހުތިރާމްކުރަންޖެހޭ،" ކަމަށާއި "މިސްކިތް އަޅަން އުޅޭ މީހުން ނިއުޔޯކްގެ މީހުންނަށްވެސް އިހުތިރާމް ކުރަންޖެހޭނެ، އޭގެ ބަދަލުގައި ބިރުވެރިކަން އުފެދޭގޮތައް ވޯލްޑް ޓްރޭޑް ސެންޓަރު ކައިރީ މިސްކިތް އެޅީމޭ ބުނަން އެކަން ކޮށްގެން ކަމަކުނުދާނެ' ކަމަށެވެ. މިއިންޓަވިއުގައި ޕްރިންސް ވަލީދު ބުނެފައިވަނީ 'ގްރައުން ޒީރޯ ކައިރީ މިސްކިތް އެޅުމަށް އަމިއްލަ ގޮތުން ދެކޮޅު ހަދާކަމަށާއި އެލޮކޭޝަން ކަމުނުދާ ކަމަށެވެ.
ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވަނީ 'ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ އިއްޒަތް' ޕްރިންސް ވަލީދަށް ދީފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު މެންދުރު މިޝަރަފުވެރި ލަޤަބު ލިބިގަތުމަށް ޕްރިންސް ވަލީދުގެ ދެކަނބަލުން މުލީއާގެއަށް އައިސްފައިވަނީ ހަތްކޮޅުފަށުގައި ރަސްމީ އިއްޒަތުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...