މިއީ ހަޤީޤަތެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
އަހަރެންގެ ނަމަކީ އަހުމަދެވެ. (އަސްލު ނަމެއްނޫން) މާލެއިން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކީމެވެ.އުމުރުގެ އެންމެކުރީކޮޅު ދިރިއުޅުނީބައްޕަގެރަށުގައެވެ. ދިރިއުޅުމުގައި ކަންތައް ދިމާވިގޮތުން އުމުރުން އެންމެ ނުވައަހަރުގާ މަންމަމެން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުނެވެ. ރަށުސުކޫލުންކަނޑާލުމުން މަންމަ އަހަރެން ކިޔެވުމައް ޓަކާ ބެހެއްޓީ ބައްޕަ ފަރާތު މީހެއްގެ ކައިރީ މަލޭގައެވެ.ނަމަވެސް ކިޔެވުމަކީ މާކުރާހިތްވާ ކަމެއް ނޫންކަމުން އެކަމާ މާބޮޑަކައް ނޫޅެމެވެ.އަބަދުވެސް އުޅެނީބޭރުތެރޭގައެވެ. އަހަރެންގެ އުޅުން ހުންނަގޮތުން އެގޭމީހުން އަހަރެން ބެހެއްޓުމަށް ދެކޮޅުހެދުމުން އެންމެފަހުން ޖެހުނީ އަނެއްކާވެސް މަންމަމެންކައިރިއަށް ރަށައް ދާށެވެ.ރަށުގައި ކުޑަދުވަސް ކޮޅެއްވުމަށްފަހު ދެންއައީ ވަޒީފާއަށް މާލެއަށެވެ. އެއިރު އަދިކިރިޔާ، އުމުރުންވީ އެންމެ 15ނޫނީ 16 އަހަރެވެ.
ތައާރަފު ނިމުނީއެވެ. އަސްލުވާހަކައަށް ފެށޭހިސާބަކީމިއެވެ. ވަޒީފާ އާއި ހަމައިން އަހަރެން ބޮޑުމީހަކަށް ވީއެވެ".15އަހަރުގެ ޒުވާނަކަށްވީއެވެ". ނަމަވެސް ވަޒީފާގެ މާހައުލުގައި ހުންނަ ތަފާތުކަންތައްތަކަށް މިއުމުރު ރަނގަޅުބާއޭ،މިއީ އުފެދޭ ސުވާލެކެވެ.؟ މިބުނީ ކީކޭކަމެއް ނުވިސްނުނުދޯއެވެ.ހިނި އަންނަގޮތަކަށް ބުނާނަމަ ބުނެވޭނީ ޓީވީ ޗެނެލްތަކުންބުނާހެން 15 އަހަރު ކުއްޖަކާއި ނުގުޅޭ މަންޒަރާއި އަޑު ހުރުން އެކަށީގެންވެއޭއެވެ. އަދި މިބުނި އަޑުތަކުގެތެރޭގައި ގިނައީ ޖިންސީވާހަކަތަކެވެ. މިކަމުގެސަބަބުން އަހަރެންގެ ހިތުގާވެސް އެބުނާ "ޖަޒުބާތީއޮއިވަރު" ހިނގައިގެންފިއެވެ.
ދުވަސްކޮޅެއްފަހެވެ. ވަޒީފާއިން ނިމިގެން ފިހާރައަކަށް ދިއަމަގުމަތީގައި ވަރައް ރީތި އަންހެންކުއްޖަކު ފެނިއްޖެއެވެ. އެކުއްޖާގެ ރީތިކަން ސިފަކޮށް ދިނުމުގެ ގޮތުން ބުނެވޭނީހަމަ ވަރަށް ރީތި ކުއްޖެއްކަމުގައެވެ. ކޮންމެއަކަސް މިކުއްޖާއަށް، ލޯބީގެ ވާހަކަ ތަކުގާބުނާހެން ހިތާއި ހަށިގަނޑާއި ކަންފަތާއި ނޭފަތާއި ހުރިހާއެއްޗެއްދެވިއްޖެއެވެ. ދެންއޮތީ މިކުއްޖާ ކާމިޔާބުކުރުމެވެ. އެއްދުވަހަކު މިކުއްޖާއަށް ފާރަލަމުން ލަމުންގޮސް ހޮސްޕިޓަލުކައިރިން ފެނުނު މަންޒަރަކަށް މާބޮޑަށް ޝައުގުވެރިވެއްޖެއެވެ.އެކުއްޖާ ފިރިހެނެއްގެ ކޮނޑު އަތްބާއްވާލައިގެން ވާހަކަދައްކަން އިން މަންޒަރެވެ. އެއީ މެދުއުމުރުންމައްޗައް ގޮސް ހުރި ފިރިހެނެކެވެ. އިނީ ފެންކަޅިވެފައެވެ. މިހެން ކުޑައިރުކޮޅަކު އިނދެފައި އެކުއްޖާ ދިއުމުން އަހަރެންވެސް އެބޭބެ ކައިރިއަށް ގޮސްފީމެވެ. އަހަރެންނަކީ އަބަދުވެސް ވަރަށް ސިންޕަތީ މީހެއްކަމުން އެބޭބެކައިރީ ވީގޮތް އަހާލާހިއްވެއްޖެއެވެ.އެބޭބެ ފުރަތަމަވެސް ފެށީ ރޯށެވެ. އެވަގުތު އަހަރެންވެސް ފެންކަޅިވިއެވެ.ބޭބެގެ ވާހަކަފެށިއެވެ. ބޭބެއަކީ ވަރަށް ނިކަމެތިމީހެކެވެ.ލޭއަޅާކުއްޖެއް ބަލަންޖެހިފާވާ ކާފައެކެވެ. ކުއްޖާގެމަންމައާއިބައްޕަވީ ސުނާމީގައި ނިޔާވެފައެވެ.މިއީ އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރިފުޅުގެފަރާތުން ލިބިފައިވާ ކާފަދަރިފުޅެވެ.ނަމަވެސް މިދަރިފުޅަށްބޭނުންވާ ލޭހޯދުމަށްޓަކައި އަބަދުވެސް މިޖެހެނީ އެކަކު ކައިރިން އަނެކަކު ކައިރިން ސަލާންޖަހާށެވެ.މިދަރިފުޅުގެ ހުންނަނީ ހޯދަން އެންމެ އުނދަގޫ އެއް ލޭކަމުގައިވާ އޭބީ ޕޮޒިޓިވްލެޔެވެ.ދަރިފުޅައް 15އަހަރުގާ މައިންބަފައިން ނިޔާވުމުން މިޒިންމާ ނަގަން ޖެހިފާމިވަނީ ބޭބެއަށެވެ.ބޭބޭ ލޭހޯދަންހިގާތާ މިހާރު 3ދުވަސްވަނީއެވެ. ނަމަވެސް ލޭލިބޭގޮތެއްނުވިއެވެ.ޑޮކްޓަރުންބުނަނީ 3ގަޑިއިރުތެރޭގައި ލޭ ނުލިބިއްޖެނަމަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާނެކަމަށެވެ.އެދަރިފުޅުއެއީ ބޭބެގެ ދިރިއުޅުމުގައި ހުރި ހަމައެކަނިއުންމީދެވެ. މިހެން ބުނެފާ ކުޑަކުއްޖެއްހެން އަހަރެންގެ ކޮނޑުގައި ބޯއަޅާފައި ރޯންފަށައިފިއެވެ.ހިސާބުގަނޑުގައިތިބިމީހުންވެސް މިވަނީ ކީއްކަމެއްނޭގިފާބަލަން ތިއްބެވެ.އަހަރެން އެބޭބެއަށް ވަރައް ހިއްވަރުދިނުމަށްފަހު ގޮވައިގެންހޮސްޕިޓަލުތެރެއަށް ދިޔައީމެވެ.ނަސީބުދިމާކުރިގޮތުން އަހަރެންގެލެޔަކީވެސް އޭބީ ޕޮޒިޓިވްލެޔެވެ.އެބޭބެގެ ދަރިފުޅަށް ލޭދިނުމަށްފަހު އަހަރެން ހޮސްޕިޓަލުން ނިކުތީ ވަރަށްހިންހަމަޖެހިގެން ހުރެއެވެ. ހާލުގާޖެހިފައިވާމީހަކަށް އެހީވެދެވުނީތީއެވެ.
އެއްކަލަ އަންހެންކުއްޖާވާހަކަ ދޯއެވެ.؟ ކޮންމެއަކަސް ލަދަކާހުރެ ތަދެއްނުފިލާނޭބުނާ ބަހުން ހިއްވަރުހޯދައިގެންގޮސް އެކުއްޖާކައިރީ އަހަރެން ތީނަދެކެ ވަރަށްލޯބި... މިހިސާބަށް ބުނެވޭއިރަށް އެއަންހެންކުއްޖާ އަހަރެންގެ ބޮލުންފެށިގެން ފައިގެ ބޮޑުވާއިނގިލީގެ ކުރިއާހަމައަށް ހުރި އައިބުތަކާ އަހަރެންގެ ހުތުރުކަމުގެވާހަކައިން އަހަރެންގެ ހިތް، ދެންމެ ފިހަން ތައްޔާރުކޮށްފައިވާ މަހެންހެން ޅިޔައަޅާލާއިފިއެވެ.ގަތްލަދަކާއި ވީދެރައެއް ބުނަންވެސްނޭގެއެވެ.މުޅިހަޔާތުގާވެސް އެހާދެރަވިދުހެއް ނާދެއެވެ.ގަތް ލަނދުންނާއި ވީދެރައިގެސަބަބުން މާޔޫސްވެ.ދެވޭނުދެވޭ ދިމާލެއްނޭނގި ހިނގަމުން ދަނިކޮން ދިމާވީ ތަންކޮޅެއް ކުރީގެ ރައްޓެއްސެކެވެ.އަހަރެން ހުރިގޮތް ފެނިފައި ހާދަފާޑަކަށް ތިހުރީ ކިހިނެތްވެފައިހޭ އަހައިފިއެވެ.އަހަރެންގެވާހަކަ އޭނަޔައް ކިޔައިދިނުމުން ބުނީ'ތިހުންނަނީ މާބޮޑެތި ކަންތައްތަކެއް ނޫންކަމުގައެވެ.މިހެންބުނެފާ ދިއްކޮށްލީ ސިނގިރެޓެކެވެ. އަހަރެންނަކީ ކުރިންވެސް ސިނގިރެޓް ބޮއިހަދާމީހެއްކަމުން އެއްވެސް ފިކުރެއްނެތި އެސިނގިރެޓް ބޯންފަށައިފީމެވެ.ނަމަވެސް އޭގައި ތަފާތުކަމެއް އެބަހުއްޓެވެ.ކުޑަކޮން އުނދަގޫވެ ކޮށިއެރިނަމަވެސް އަހަރެން އެވަގުތަކު އެކަމާވިސްނޭވަރެއް ނުވިއެވެ.އެސިނގިރެޓް ބުއިމަށްފަހު ކުރިން ހުރިނުތަނަވަސްކަންފިލާ ފާޑެއްގެ ހަމަޖެހުމެއް އިހްސާސްކުރުވިއެވެ.ތިޔަޔަހީކުރެއްވީ ރަނގަޅަށެވެ.އެއީ މަސްތުވުމަށް ބޭނުންކުރާ އެއްޗެއް އަޅާފައިވާ ސިނގިރެޓެކެވެ.މަސްތުވާ ތަކެތި އަހަރެން ބޭނުންކުރަންފެށީ އެދުވަހުގެ ފަހުންނެވެ.
ދުވަސްތައް މާޒީވަމުންދެއެވެ.މިހާރު އަހަރެންނަކީ މަސްތުވާ ތަކެއްޗައް ރަނގަޅައް ދެވިހިފާފައިވާމީހެކެވެ.އެއާއި ވަކިނުވެވޭވަރުވެފައިވާ މީހެކެވެ.މަސްތުގައި އަހަރެން ހަލާކުވަމުން ދިޔައިރު އެއްކަލައަންހެންކުއްޖާގެ ވިހަގަދަބަސްތަކުން އަހަރެންގެ ހިތައް ހަރާލި ކަށިތަކުގެވޭން ދިޔައީ ހައްތަހާ އިތުރުވަމުންނެވެ.މަސްތުވާ ތަކެތިން އެހަނދާންތައް ފޮހެވޭނެ ކަމަށް ކުރި ހީ ވީ ކުއްހީއަކަށެވެ.އެހަނދާން ފޮހެލުމައް ވީ މަސްތުން،(މަތުވެފައި ހުންނައިރު)،ވަގުތީ ހަމަޖެހުމެއް ލިބުނުނަމަވެސް އެހަދާންތައް ހައްތަހާކުރުވީ އިތުރެވެ.
އެތައްދުވަހެއް ވީރުވެސް އެއަންހެންކުއްޖާގެ ހަނދާން ހިތުން ފިލާގޮތެއް ނުވިއެވެ. މިހާރުވެސް އެއަންހެން ކުއްޖާފެނޭތޯބަލަމެވެ.ނަމަވެސް މިހާރު އަހަރެންގެ ހިތުގައި އެކުއްޖާއައި ދޭތެރޭވަނީ ކޯޗެއްކަމެއް ބުނާކަށް ނޭނގެއެވެ. ބައެއްފަހަރު ނަފްރަތުހެންވެސް ހީވެއެވެ.މިހެން އުޅެނިކޮން އެއަންހެންކުއްޖާ ފިރިހެންކުއްޖަކާއިއެކު އާންމުކޮން ފެންނަން ފަށައިފިއެވެ.އޭގެފަހުން މިބުނާ ފިރިހެން ކުއްޖާއަށް އަހަރެން ނަފްރަތު ކުރަން ފަށައިފީމެވެ.އެނަފްރަތު ބޮޑުވަމުންގޮސް އޭނާ ފެންނަކޮން ފަހަރަކު ދަނީ ދަތްކުނޑި ވިކިގެންނެވެ.
އެއްދުވަހެއްގެ ރޭގަނޑެވެ.އަހަރެ އިނީ ކާނިވާގެ ކަޑައެއްގައި އަހަރެންގެ "ޕާޓޭ" އެކުވެރިން ކޮޅަކާއިއެކު ކޮފީއެއްގައެވެ. މިހެން އިނދެފައި ތަންކޮޅެއް ދުރުގައި ހުރިމޭޒަކަށް ކަޅިހިންގާލި އިރު އަހަރެންގެ އެންމެބޮޑު ދުޝްމަން ކަމުގައި ނިންމައިގެން ހުރި ފިރިހެން ކުއްޖާއާއި އަހަރެންގެ ހިތް ހަލާކުކޮއްލި އަންހެން ކުއްޖާއާއި ދެމީހުން ވަރަށް މާޖާވެފައި ވާހަކަދައްކަން ތިއްބެވެ.އެމަންޒަރު ފެނުމުން އަހަރެން ގެ ލޭހޫނުވެ މުޅިމީހާ ތުރުތުރު އަޅަންފަށައިފިއެވެ.އޭގެ އިރުކޮޅެއްފަހުން އެދެމީހުން ކަޑައިން ނިކުމެގެންހިގައިގެންފިއެވެ. އަދި އަންހެންކުއްޖާގެ އުނނަގަނޑުގައި ފިރިހެންކުއްޖާ އަތް އަޅުވާލައިފިއެވެ.
މިތަންފެނިފައި އަހަރެންނަށް ވީގޮތްވެސް ނޭގުނނެވެ.ފުންމަގެން ތެދުވެ ދުވެފައިގޮސް ކަޑައިގެ ބަދިގެއިން ވަޅިއެއް ހިފައިގެން އައިސް ފިރިހެންކުއްޖާގެ ފަހަތުން ކަރުގެ ވައިނޮޅީގައި ވަޅިއަޅުވާ ދަމައިލާފީމެވެ.ވޭނީ އާހް.. އެއްގެ އަޑާއިއެކު އެކުއްޖާ ބިންމައްޗަށް ވެއްޓިއްޖެއެވެ.ކޮންމެސް ކަމެއް ވެއްޖެކަން އިހްސާސްވީ ދުނިޖަހާފައި އައި ލޭތަކުން ގަމީހުން ބައެއް ފޯވިފަހުންނެވެ.އޭރުވެސް އަދި މުޅިއަކުން ވާނުވާއެނގޭވަރެއްނުވެއެވެ.ވާނީވެސް އެހެންނޫންހެއްޔެވެ.އޭރުވެސް އަހަރެން ވަނީ މަސްތުގެ ހާލުގައެވެ.
ކޮންމެއަކަސް އަހަރެން ހައްޔަރު ކުރެވިއްޖެއެވެ. ތަހުޤީޤު ފެށިއްޖެއެވެ.
ފުރަތަމަ ދިންބަޔާނުގާވެސް އަހަރެން ކުށައް އިއުތިރާފު ވީމެވެ.ޝަރީއަތުގެ މަޖްލީހުގައި ވާރުތަވެރިން ބޭނުންވީ މަރަށް މަރުހިފުމަށެވެ.އަހަރެންނަށް މަރުގެ ހުކުމް އިއްވިއްޖެއެވެ.މީހުންމެރުން އާންމުވެ އަތްނުފޯރާވަރަށް ދިއުމުގެ ސަބަބުން ﷲގެ ހުކުމްފުޅު ތަމްފީޒުކުރުމަށްއެދި އިސްލާމީ ނޫރުގެ ކުޑަވެސް ކަންފުޅެއް ހިތުގައި ހުރިމީހަކުވިޔާ ވަނީ މުޒާހަރާއަށް ނިކުމަފައެވެ.މިހެން ވުމުން ގައުމުގެ ހަމަޖެހުމައްޓަކައި މަރައްމަރު ހިފުންވަނީ ސަރުކާރަށް އޮތް އެންމެބޮޑު ޕްރެޝަރ ކަމުގައިވެފައެވެ.
އެހެންކަމުން އެދުވަސް ވަރަކީ މަރައްމަރު ހިފުމުގެ ޤާނޫނެއް ފާސްވެ އާންމުންގެ ކުރިމަތީ ދަންޖައްސާ މެރުމުގެ ހުކުމް ޤާނޫނުގައި ހިމަނާ ރައީސް ތަސްދީގުވެސް ކޮށްފައިވާ ފުރަތަމަދުވަސް ކޮޅެވެ.ނަމަވެސް މިޤާނޫނުގެ ކުރިން މަރަށް ހުކުމްކޮށްފައިވާމީހުންނަށް މިހުކުމް ހިންގިދާނެކަމައިމެދު ޝަރުއީ ދައިރާގެ ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވެފައިވާ ދުވަސްވަރެކެވެ.ނަމަވެސް މަރައް މަރު ނުހިފައިފިނަމަ ރާއްޖޭގެ ހާލަތު އިތުރައް ގޯސްވެދާނެތީ ނިންމީ ގާނޫނު ތަސްދީގު ކުރިފަހުން މަރަން ހުކުމް ކުރެވޭ ފުރަތަމަ ޤާތިލް ގެ ކިބައިން ޤިސާސް ހިފުމަށެވެ.
އަހަރެންނަށް މިކަން މިކުރެވުނީ ޤާނޫނު ތަސްދީގުކުރިފަހުން ކަމުގައިވަތީ އަހަރެންނައް މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ އެއްވެސް އުޒުރެއް ނެތެވެ.އިސްތިއުނާފުގެ މަރުހަލާ ނިމުމުން އަހަރެން ދަންޖައްސާ ދުވަސް އައިސްފިއެވެ.ދަންޖެއްސުމަށް ކަނޑައަޅާފައި އޮތީ މާފަންނު ސްޓޭޑިއަމްގައެވެ.އެހިސާބު ގައި ފުދޭވަރަކަށް ގިނައިން މީހުން ތިއްބެވެ. ރާއްޖޭގައި ފަހުގެ ތާރީހެއްގައި ތަންފީޒުކުރެެވޭ މަރުގެހުކުމް ދެކިލުމަށެވެ.ރާއްޖޭގެ މީޑިއާާގެ އިތުރުން ބޭރުގެ މީޑިއާވެސް ހަރަކާތް ތެރިވަމުންދެއެވެ. ކުޑަކުދިންނަށް ކޮއްފާނެ އަސަރަކަށް ޓަކާ އެސަރަހައްދަށް އެގަޑީގައި ކުދިން ގެންދިއުންވަނީ މަނާކުރެވިފައެވެ. އަދި ހުއްދަދެވިފައިވަނީ ހަމައެކަނި ލިޔުމުން ހަބަރު ފެތުރުމަށެވެ.އަދި ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުގެ ސަބަބުން ސިޔާސީ ފަރާތްތަކުން ހަމަނުޖެހުން ހިންގަފާނެކަމަށް ބާލާފައި، ވީހާވެސް މަދުން މީހުން އަންނާނެ ގޮތެއް ހެދުމުގެ ބޭނުމުގައި ދަންޖެއްސުމަށް ހަމަޖައްސާފައިވާ ގަޑިއަކީ ދަންވަރު3:30އެވެ.
އަހަރެން ދަންޖެއްސުމަށްޓަކައި ހަދާފައިވާ ތަނަށް އަރުވައިފިއެވެ.އޭރު މުޅިތަނަށް ފެތުރިފައިވަނީ ބޫންއަޑެކެވެ.އިސްތިއުނާފުގެ މުއްދަތު ދިގުވުމުން ހަނދާންތައް ކޮންމެސްވަރަކަށް ރައްޔިތުންގެ ހިތުން ފިލާފައިވަނީނޫންކަމެއްވެސްނޭގެއެވެ.ކުރިން ކުރި މުޒާހަރާގެ އެއްވެސް ފޯރިއެއްނެތެވެ.މޫނުގައި ކަޅުފޮތިގަނޑެއް އެޅުވުމަށްފަހު ކަރައް ދަންމަޅިމަހާލެވިއްޖެއެވެ.އެވަގުތު ތަނައް ވެރިވިހަމަހިމޭންކަމުގެތެރެއިން ކުއްލިޔަކައް އިވުނީ މީހަކު އޭނާނުމަރާ އޭނާނުމަރާށޭ ގޮވަންފެށިއަޑެވެ.އެންމެންގެ ސަމާލުކަން އޭނަޔައް ހުއްޓުނެވެ.ފުލުހުން ގޮސް އޭނާ ކަމާއިބެހޭ ފަރާތްތަކުގެ ކައިރިޔައް ގެނެވުނެވެ.އެއީ މަރުވި ކުއްޖާގެ ހުރި ހަމައެކަނި ވާރިސް ކަމުން އެއީކާކުކަން ދެނެގަންނާކަށް ކަމާއިބެހޭ ފަރާތް ތަކަކަށް އުނދަގުލެއް ނުވިޔެވެ.އޭނާ ބުނީ އެންމެނާއި މުހާތަބުކޮއް ވާހަކައެއް ބުނެލަން ބޭނުން ކަމުގައެވެ.އޭނަގެ ހާލަތާއި ކޮށްފައިވާނެ އަސަރުގެ ބޮޑުކަމުން ނިންމީ އޭނައައް އެފުރުސަތު ދިނުމަށެވެ.އޭނާގެ ވާހަކަ ފެށިއެވެ.މީގެދުވަސް ތަކެއް ކުރިން އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްވީ ﷲގެ ހެޔޮރަހުމަތްފުޅާއިއެކު އޭނަގެ ޤާތިލް ހަދިޔާކުރި ލޭތިއްކަކުންނެވެ. އަހަރެންނަށް އެއްވެސް ތަނެއް ނުފެންނަގޮތައް މޫނާއިބޮލާއި އެއްކޮން ކަޅުފޮތިގަނޑަކުން ނިވާވެފައިވިޔަސް އެއަޑާއި އެވާހަކައިން އެއީ ކާކުކަން ދެނެގަންނާކަށް މާއުނދަގުލެއް ނުވިއެވެ.އާއެކެވެ.މިއީ އެދުވަހު އަހަރެން ލޭހަދިޔާކުރި ކުށެއްނެތް ނިކަމެތިކުއްޖާގެ ކާފައެވެ.ކާފަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.ސަރީ އަތުގައި އަހަރެންނަށް މިއީ އެދުވަހުއަހަރެންގެ ދަރިފުޅަށް ލޭ ހަދިޔާކުރިކުއްޖާކަން އެނގުނެވެ.ނަމަވެސް އެވަގުތު އަހަރެންގެ ހުރި ރުޅީގެ ސަބަބުން ޤިސާސް ހިފުމައް ނިންމީއެވެ.ނަމަވެސް ޤާނޫނުގައި ވާފަދައިން އިސްތިނާފުގަ ހޭދަވި މުއްދަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން އިލްމުލިބިފައިވާ އިލްމުވެރިން ނަސޭހަތް ދިނުމައް ގެއަށް އައިސް ދިން ނަސޭހަތް ތަކުގެ ސަބަބުން ޤިސާސް ހިފުން ދީނުގައި އޮތަސް އެންމެރަނގަޅުގޮތަކީ މައާފް ކުރުމުގެ ރިވެތިއުސޫލް ކުރިއަށްނެރުންކަން އަހަރެންނަށް ވިސްނުނެވެ.މިގޮތުން ފަހުން އަހަރެންނަށް ވިސްނުނީ ޤާތިލް އެއީ އެހާ ގޯސްމީހެއްނަމަ އެދުވަހު އޭނަ ލޭހަދިޔާކުރީ ކީއްވެހެއްޔެވެ؟އެހެނެއް ނޫނެވެ.ފުރާނައެއީﷲއަށް މިލްކުވެވޮޑިގެންވާ އެއްޗެކެވެ.ގެންދަވަންވީމާ ގެންދަވާނެއެވެ. ޤިސާސް ހިފިނަމަވެސް، އަހަރެންގެ ދަރިފުޅު އަނބުރާ ނާންނާނެއެވެ.ވީމާ އަހަރެންގެ ދަރިފުޅުގެ ޤާތިލައް މައާފު ކޮށްފީމެވެ.
ކާފަގެ އެވާހަކަޔައްފަހު އަހަރެންގެކަރުން ދަންމަޅި ނައްޓާލައިފިއެވެ.އަދި އަހަރެން ދައްޖެއްސުމަށް އަރުވާފައިވާތަނުން ބާލައިފިއެވެ.އެއިރު އަހަރެންވަނީ ފެންކަޅިވެފައެވެ.އަހަރެން މައާފަށް އެދުމަށް ޓަކައި ކާފަކަރިއަށް ގެންގޮސްދިނުމަށް އެދުނީމެވެ.ކާފަކައިރިއަށް އަހަރެން ގެންގޮސްފިއެވެ.އެވަގުތު ފުރަތަމަވެސް ބަލާލެވުނީ ކާފަގެ މޫނަށެވެ.ފެންކަޅިވެފައިވާ އެ ދެލޮލުގައިވާ ވޭނާއި ކެކުޅުން ފެނިފާ ބޭއިހްތިޔާރުގާ އަހަންނަށް ރޮވިއްޖެއެވެ.ކާފަގެ ގައިގާ ބައްދާފައި ގިސްލަގިސްލާފާ ރޯންފެށިއްޖެއެވެ.ދަންވަރުގެ އެވަގުތު މުޅިތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ހަމައެކަނި އަހަރެންގެ ޤިސްލުމުގެ އަޑެވެ. އެތަނުގައި ވަށައިގެން ތިބި ގިނަމީހުންވެސް ތިބީ ފެންކަޅިވެފައެވެ.އެވަގުތުން ފެށިގެން އަހަރެންނިންމީ އެނިކަމެތިކާފަގެ ދަރިއެއްގޮތުގާ ކާފަޔައް ހިދުމަތް ކުރުމުގާ ދެމިހުންނާށެވެ.ނިކަން ވިސްނާލަބަލާށެވެ.އަހަރެން ހަދިޔާކުރި އެންމެ ލޭތިއްކެއްގެ އަގު ﷲ އަހަރެންނަށް މިދެއްވީ ފުރާނައިންނެވެ.ﷲގެ ވަހީ ބަސްފުޅުގައި ވަނީ ހަމަ ހައްޤު ތެދެވެ."ޒައްރެއްގެ މިންވަރު ވިޔަސް ހެޔޮކަމެއް ކޮށްފިމީހާ އެކަން ދެކޭނެތެވެ.އަދި ޒައްރެއްގެ މިންވަރު ވިޔަސް ނުބައިކަމެއް ކޮށްފިމީހާ އެކަންދެކޭނެތެވެ."
މިކަން ހީކުރިގޮތާއި ހިލާފައް މައާފުގެ ހުކުމައް ބަދަލުވުމުން އެންމެންތިބީ ހައިރާންވެފައެވެ.އެކަންވަނީ މީޑީއާގެ ބޮޑުހަބަރަކަށް ވެފައެވެ. އިސްލާމީ ޝަރީއަތުގައި މަރަށްމަރު ހިފުން އޮތަސް އިސްކަންދީފައިވަނީ މައާފުކުރުމަށް ކަމާއި ނަމަވެސް އެހައްޤުލިބިފައިވަނީ ހަމައެކަނި މަރުވިމީހާގެ ވާރުތަވެރިންނަށްކަން އެކަން ނޭނގިތިބި ޣައިރު މުސްލިމުންނަށްވެސް އެނގުމުން އިސްލާމީ ޝަރީއަތަކީ އެހާދޯދިޔާއެއްޗެއްނޫންކަން ވިސްނި އިސްލާމްދީން ރަނގަޅަށް އޮޅުންފިލުވާ މިމާތްދީނަށް ވަންނަމީހުންވެސްވީއިތުރެވެ. އަދި މިކަންވީ އިންސާނީ ހައްޤުގެނަމުގަ އިސްލާމްދީނައް ފުރައްސާރަކުރާމީހުންގެ އަނގަމަތީ އެޅުނުވަރުގަދަ ތަފާލަކަށެވެ.މަރައްމަރު ހިފުމާއި ދެކޮޅު މީހުން މިކަން ސިޔާސީކަމަކަށްހަދާ ބޭރުގެ މީޑިއާތައް މެދުވެރިކޮށް ރާއްޖެއަށް އަންނަންތިބި ޓުއަރިސްޓުންތައް ބިރުގަންނަވަން މަސައްކަތްކުރިނަމަވެސް މިކަންތައް ނިމިދިޔަގޮތުން މަރައްމަރުހިފުމާއި ދެކޮޅުމީހުން އިސްލާމްް ދީނޭކިޔާފައިދެއްކީ ތޯތޯ ވާހަކަތަކެއްކަން މީހުންނަށް އެނގިވީއިތުރަށް ފަލީހަތެވެ. މީގެ އިތުރުން މީހަކުމަރައިފިނަމަ މަރައްމަރުގެ ހުކުމް ތިމާއަށްވެސް ކުރިމަތިވެދާނެތީ އެއްވެސް ޖެހުލުމެއްނެތި މީހުންމަރަމުންގެންދިޔަ ނުލަފާމީހުންތައްވެސް ބިރުގަނެ އެފަދަ އަމަލުތައް ކުރަންވަނީ ފަސްޖެހިފައެވެ.މިކަން މިހެންްވުމުންް ރާއްޖޭގައި އުފެދުނު އަމާންވެށީގެ ސަބަބުން ދިވެހިރާއްޖެއާއި ދޭތެރޭ ބޭރުމީހުންގެ ހިތުގައި ކުރިންސުރެވެސްއޮތް އަމާންކަމުގެ އިތުބާރު ވީ އިތުރެވެ. ވީމާ ރާއްޖޭގެ ޓުއަރިޒަމް އަށް ވެސް އައީ ހެޔޮބަދަލެކެވެ.
ކޮންމެއަކަސް އަހަރެންނަށް މާފު ކުރެވިއްޖެއެވެ.ނަމަވެސް މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުއްވެސް ސާބިތުވެފައިވުމުން އަހަރެން ގެންދިޔައީ މަސްތުވުމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ މަރުކަޒަށެވެ.އެތާ ހޭދަވި ދުވަސްތަކުގައި އަހަރެން އެންމެމުހިންމު ކަމަކަށްހެދީ ކުރީގައި އަހަރެން އުޅުނުގޯސް އުޅުން ދޫކޮށްލާ ކުރެވިފާވާ ފާފަތަކުން ތަޢުބާވެ،ފަރުވާކުޑަކުރެވިފައިވާ ދީނީކަންތައްތައް ކުރުމަށެވެ.މިގޮތުން އެތާގަހުރި ހަދީސްފޮތްތަކާއި ޤުރުޢާންތަރުޖަމާ ކިޔާހެދުމުން އަހަރެންނަށް ވިސްނުނީ ޝަރީކު ކުރުންފިޔަވާ ކޮންމެކުށެއް ކުރެވުނަސް ރަނގަޅު ނިޔަތުގައި ހިތުގެ އަޑިން ވެވޭތައުބާއެއް ނަމަ ﷲ އެތައުބާއެއް ޤަބޫލުކުރައްވާނެކަމެވެ.މަސްތުވާތަކެތީގެ ވަބާއިން މިންޖުކުރެއްވުން އެދިކުރިދުޢާތަކާއި އެމަރުކަޒުން ލިބުނު ފަރުވާތަކުގެސަބަބުން ﷲގެ ހެޔޮ ރަހުމަތްފުޅާއިއެކު މިއަދު އަހަރެންނަކީ މަސްތުވާތަކެތިން މުޅިން ސަލާމަތްވެފައިވާމީހެކެވެ. އަހަރެންގެ އުޅުމަށްއައި ހެޔޮބަދަލުގެ ސަބަބުން އެއް އަހަރުތެރޭގައި އަހަރެން ދޫކޮށްލައިފިއެވެ. އެއިރު އަހަރެންވަނީ މުޅިން ބަދަލުވެފައެވެ.މުހަންމަދު ސައްލައްލައިހި ވަސައްލަމްގެ ސުންނަތާ ވީހާވެސް އެއްގޮތައް އުޅުމުގެ ބޭނުމުގައި ތުނބުޅިވެސް ވަނީ ބަހައްޓާފައެވެ.އަދި ކުޑަކޮން ފަލަވެ ރޫފަވެސް ރަނގަޅުވެފައެވެ.އެހެންކަމުން އެއްވެސްމީހަކަށް އެހާފަސޭހައިން އަހަރެންމިއީ ކާކުކަން ދެނެގަންނަން އެހާ ފަސޭހަވާނެހެން ހިޔެއްނުވެއެވެ.
ސަލާމަތްވުމަށްފަހު ފުރަތަމެވެސް އަހަރެން ބޭނުންވީ ކާފަ ހޯދުމަށެވެ.އެކާފައަށް އެހީވުމަށެވެ.އަހަރެެންނަށް ޤަބޫލު ކުރެވުނީ ކުށުގެ ކައްފާރާއެއްގެގޮތުން ކާފައަށް އެހީވުމަކީ އަހަރެންގެ މައްޗަށް އޮތް ވާޖިބެއްކަމުގައެވެ.ޝަރީއަތުގައި ކާފަގެނަމާއި ގޭގެނަން ތަކުރާރުކޮން އިވިފައިވުމުން އެގެ ހޯދާކަށް މާއުނދަގުލެއްނުވިއެވެ. ކާފައަކީ ގެކައިރި މިސްކިތައް ބަރާބަރަށް ޖަމާއަތައް ނަމާދައްދާ މީހެއްކަން އެނގުމުން ނިންމީ މިސްކިތުން ކާފައާއިބައްދަލުކޮށް އެކުވެރިކަން އުފެއްދުމަށެވެ.މިގޮތުން ފުރަތަމަދުވަހު ހަމައެކަނި ސަލާންކޮށްލީއެވެ.އަހަރެންމިއީ ކާކުކަން އެނގިދާނެތީ ވަރައް ޖެހިލުންވިއެވެ.ނަމަވެސް ކުރިންވެސް ހީކުރިގޮތައް އަހަންނަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކާފައަކައް އަހަރެން މީކާކުކަމެއް ނޭނގުނެވެ. ކޮންމެދުވަހަކުވެސް ކާފައާއި ދިމާވެ ސަލާމްކުރަމެވެ.ހަފްތާއެއްވުމުން ކުޑަކޮން ވާހަކަދައްކާލާވެސް ހަދަންފަށައިފިށައިފީމެވެ.ކާފައަކީ ވަރައް ހިންހެޔޮމީހެއްކަމުން މަސްދުވަސްތެރޭގައި އަހަރެންގެ ބޮޑުރައްޓެއްސަކަށް ކާފަވެއްޖެއެވެ.މިހެންގޮސް ހައެއްކަމަސް ފަހުން ކާފަކައިރީގާ އަހަރެންމިއީ ކާކުކަން ބުނެފީމެވެ.އަދި އަހަންނަށް ކުރެވުނެކުށުގެ ބަދަލުގާ ކާފަގެ ދަރިއެއްގޮތުގައި ކާފައަށް އެހީވާންބޭނުން ކަމުގައި ބުނީމެވެ.ކާފަގެމޫނުން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.ނަމަވެސް ހިތާމައިގެ އަސަރު ފާޅުވިއެވެ.އެދުވަހު ކާފަބުނީ ކޮއްކޮ އަށް ތިއައި ހެޔޮބަދަލުގެ ސަބަބުން ކާފަ ވަރަށް އުފާވާކަމުގައެވެ. ހީކުރިގޮތާއި ހިލާފައް އަހަރެންގެ ހަޤީޤަތް އެނގުމުންވެސް ކާފަ އާއި އަަހަރެންނާއި ދެމެދުވާ ރަހުމަތްތެރިކަމަށް އެއްވެސް ބަދަލެއްނާދެއެވެ.ދުވަސްތައް ފާއިތުވަމުންގޮސް އެއްދުވަހަކު ކާފަ އަހައިފިއެވެ.ކޮށްކޮއަދިވެސް މީހަކާއި އިންނާކަށް ހިޔާލެއް ނުކުރަންހެއްޔެވެ.އަހަރެން ރަނގަޅުކުއްޖަކު ލިބެންދެން ހުރީކަމުގައި ބުނެފީމެވެ.މިހެންބުނުމުން ކާފަކުއްޖަކު ހޯދައިފިއްޔާ އިންނާނަންތޯ އަހައިފިއެވެ.އަހަރެން ރަނގަޅު ހެޔޮލަފާ ކުއްޖެއްނަމަ މައްސަލައެއް ނެތްކަމުގާބުނެފީމެވެ.މިގެޔައް ކާއެއްޗިހިހިފައިގެން އެއަންނަ އާނިޔާާ އެއީ ވަރައް ރަނގަޅުކުއްޖެއް ކަމަށާއި އެއީ ކާފަގެ ދުރުތާތިމާގެ ކުއްޖެއްކަމަށް ކާފަބުންޏެވެ. އަހަރެންގެ ހަޤީޤަތް އެނގުމުން އާނިޔާ އާއި އޭނަގެ އާއިލާ ޤަބޫލުވާނެތޯ އެހުމުން، އެކަން ނޭނގޭ މިހަކު މިހާރު އެއާއިލާގައި ނުހުންނާނެކަމަށާއި ނާދިރާ ކައިވެނިކުރުވަން ކޮށްކޮޤަބޫލުވޭތޯ އަހަން ފުރަތަމަ އެދުނީވެސް އޭނާގެ ބައްޕަކަމުގައި ކާފަ ބުންޏެވެ.އެކަމަށް ފުރަތަމަ އެދުނުއިރު ކޮށްކޮގެ ހަޤީޤަތް އެމީހުންނަށް ނޭގުނަސް،ކާފަ އެވަހަކަތައް އެމީހުންނަށް ކިޔައިދިނުމުންވެސް،ކޮއްކޮއަށް އައިސްފައިވާ ހެޔޮބަދަލުގެ ސަބަބުން އެމީހުން ތިބީ ކޮއްކޮ ޤަބޫލުނަމަ މިކައިވެނި ކުރުވާ ގޮތައްކަމުގައިވެސް ކާފަބުންޏެވެ. މިވާހަކަ އަޑުއިވުމުން އަހަރެން މިނިވަންވީފަހުން ފުރަތަމަފަހަރަށް މުޖުތަމައުން އަހަރެން ބަލައިގަން ކަމުގެ އިހުސާސް ކުރެވުނެވެ.އެއީ އަހަރެން މިނިވަންވިތާ ފަސްވަނައަށްވީ އަހަރެވެ.
އަހަރެންގެ ކައިވެނި ކުރެވިއްޖެއެވެ.ކާފަގެވެސް އެދުމުގެމަތިން ކާފަ ބެލެހެއްޓުމަށްޓަކާ އަހަރުމެން ދިރިއުޅެނީ ކާފަގެ ގޭގައެވެ.މިހާރު އަހަރެންނަށް ނުލިބުނު ހުރިހާ ލޯތްބެއްވަނީ ލިބިފައެވެ.ކާފަގެ ފަރާތުން ބައްޕައެއްގެ ލޯބި އަދި އާނިޔާ ގެފަރާތުން އަބިމީހާގެފަރާތުން ފިރިއަކަށް ބޭނުންވާ ފުރިހަމަ އަޅާލުމާާއި ލޯބިލިބެމުންދެއެވެ. އާއެކެވެ! މިހާރު އަހަރެންގެ ދިރިއުޅުމައް އަހަރެންގެ ޅައުމުރުގައި ބޭނުންވެ ނުލިބުނު ލޯބި ވަނީ ލިބިފައެވެ. ފުރަތަމަ އަހަރެން މަރުން ސަލާމަތްވީ ވެސް ކާފަހިތުގައި އުފެދުނު އިންސާނިއްޔަތުކަމުގެ ލޯބިން އަހަރެންނަށް މައާފުކުރުމުންނެވެ.މިހާރު އަހަރެންނަ ވިސްނެއެވެ. ލޯބިން ވިސްނައިދޭނެ މީހުން އެބަތިއްބެވެ. ނަމަވެސް އަހަރެން ލޯތްބައް އެންމެ މުހިންމުވިއިރު އާއިލާ ރޫޅުމުގެސަބަބުން އަހަރެން ގެންގުޅެ ބޮޑުކުރަންޖެހުނީ ނިކަމެތި މަންމައަކު އެކަނިމާއެކަންޏެވެ. އެދުވަހު މައިންބަފައިން ތިބެ އަހަންނަށް ލޯބިން ވިސްނައިދީ ތަރުބިއްޔަތު ކުރެވުނުނަމަ އަހަރެންގެ ފަރާތުން ވެވުނު ކުށްތަށް ކުރެވުމުގެ ފުރުސަތުވަރައް ކުޑަވާނެ ކަންޔަގީނެވެ..!
އާނިޔާ އެއީ އެއްކަލަ ދުވަހު އަހަރެންނަށް ފެނުނު އަންހެން ކުއްޖާއެވެ.އަސްލުގަވެސް އާނިޔާއެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. މިހެންމިބުނީ ކުރިން އާނިޔާ އަހަރެން ބަލައި ނުގަތީ އޭރު އަހަރެން ބަލާބެލުމަށްވެސް ހީވަނީ ހަމަ "ޕާޓޭއެއް" ހެންނެވެ. އެގޮތައް ހުރިމީހަކާއި ގުޅެން ރަނގަޅު ކުއްޖަކު ޤަބޫލެއްނުވާނެ ނޫންހެއްޔެވެ. އަނެއްކާ އަހަރެން އެދުނީވެސް އިޝްގީ ލޯތްބޭ މިކިޔާ ޝައިތާނީ ވަސްވާސްތަކަށެވެ. ކައިވެންޏަކަށް ނޫނެވެ. މިހާރު އަހަރެންނަށް އާނިޔާ އެއީ ކުރިންފެނުނު "ރީތި އަންހެންކުއްޖާ"އެއްނޫނެވެ. އިސްލާމީ ފޭރާމުން ނިވާވެފައިވާ އަހަރެންގެ ލޯބިވާ އަނބިމީހާ އެވެ.މިހާރު ކާފައަށް މުނިކާފަދަރިއެއްވެސް ލިބިއްޖެއެވެ.އެދަރިފުޅުގެނަމަކީ ސާއިދުއެެވެ.އެއީ އަހަރެންގެއަތުންމަރުވި ކާފަގެ ދަރިފުޅުގެ ނަމެވެ.
ނޯޓް: މިއީ ލޯތްބާއި އަޅާލުން ނުލިބުމުގެސަބަބުން ކުރިން ވަރަށް ގޯސްކޮން އުޅުނު މީހަކަށް ފުރަތަމަ ލިބުނު ބޮޑު އަދަބުގެ ސަބަބުން ވިސްނި މީހެއްގެ ހަޔާތައް އައި ރަނގަޅު ބަދަލެއްގެ މައްޗައް ލިޔެފައިވާ ވާހަކައެކެވެ.ނަމަވެސް ވާހަކަ ކިޔާހިތްވާ ގޮތަކަށް ގެނެސްދިނުމުގެ ބޭނުމުގައި މިވާހަކަމިވަނީ މިހާރު މުޖުތަމައުގެ ހާލަތާއި ގުޅުވާލާ،ވަރައްގިނަ،ހިޔާލީ ބައިތައްވެސް ހިމަނާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...