އަރަބިދުނިޔެ ޒައިނިސްޓު ޔަހޫދީންގެ ރޮކެޓު ޙަމަލާއެއްދީ މިޞްރު މީހަކު ޤަތުލުކޮށްލައިފި

ޒައިނިސްޓު ޔަހޫދީންގެ ރޮކެޓު ޙަމަލާއެއްދީ މިޞްރު މީހަކު ޤަތުލުކޮށްލައިފި

ޒައިނިސްޓު ޔަހޫދީންގެ ރޮކެޓު ޙަމަލާއެއްދީ މިޞްރު މީހަކު ޤަތުލުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ މުޤައްދަސް ބިން އަޅުވެތިކޮށްގެން އުޅޭ ޓެރަރިސްޓު ޔަހޫދީ ޒައިނިސްޓުންގެ މަތިންދާބޯޓަކުން މިޞްރުގެ ސައިނާ އަށް ރޮކެޓު ހަމަލާއެއްދީ މިޞްރު މީހަކު ޤަތުލްކޮށްލައިފިއެވެ.

ޒައިނިސްޓުގެ ޖާސޫސީ މަތިންދާބޯޓަކުން ޙަމަލާދީފައިވަނީ ސައިނާގެ މެދުތެރޭގައިވާ "އަލްޤަސީމާ" ރަށުގައި ސައިކަލެއްގައި ދިޔަ މީހަކަށް އަމާޒުކޮށެވެ. މިޞްރާއި ފަލަސްޠީނު އަޅުވެތިކޮށް އެބިމުގައި އުފައްދާފައިވާ ޔަހޫދީންގެ ދައުލަތްކަމަށް ދަޢުވާކުރަމުން އަންނަ އިސްތިއުމާރީ އިޒުރޭލުގެ ސަރަޙަދީ ރޮގު ކައިރީގައިވާ މި ރަށަށް ދިން ރޮކެޓު ޙަމަލާގައި މަރުވެފައިވަނީ ސައިކަލުދުއްވަށް އިން އިބްރާޙީމް.ޣައިނު ކިޔާ މިޞްރުގެ ރައްޔިތެއްކެވެ. މަންޒަރުދުށްމީހުން ހާމަކުރާގޮތުގައި ސައިކަލަށްދިން މި ރޮކެޓު ޙަމަލާއަށް ފަހު އެ ސަރަޙައްދުގައި (ޙަމަލާ އަމާޒުވި) ވަނީ ފުށް ވަޅުގަނޑެއް އުފެދިފައެވެ.

ފަލަސްތީނުގެ ރަށްޔިތުންނަށް ކޮންމެ ދުވަހަކުން މިފަދަ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.