ޓޫރިޒަމާ ބެހޭ ބައްދަލުވުމެއް ފަލަސްތީނުގެ ގުދުސްގައި އިޒްރޭލުން ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ހަބަރުތައް ބުނާގޮތުގައި މި މަހުގެ 12-22 އަށް ގުދުސްގައި ބާއްވާ ބައްދަލުވުމަކީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ފަލަސްތީނުގެ ގުދުސްގައި ބާއްވާ ފޯރަމެކެވެ. ބައެއް ފަރާތްތަކުން މިބައްދަލުވުމާއި މެދުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނަމުންދަނީ މިބައްދަލުވުން ބާއްވާނަމަ އޭގެ މާނައަކީ "ބޭރުގެ ފަރާތްތަކުން ގުދުސްއަކީ އިޒްރޭލުގެ ތަނެއްކަމަށް ބަލައިގަތުން" ކަމަށާއި "އޭގެ ސަބަބުން އިތުރު މައްސަލަތައް ފެންމަތިވާނެ' ކަމަށެވެ. ކަންމިހެން ހުރިއިރު އިޒްރޭލުގެ ޓޫރިޒަމް މިނިސްޓަރު ސްޓަސް މިސެޒިންކޯވް ބުނެފައިވަނީ "މި ބައްދަލުވުން ގުދުސްގައި ބޭއްވުމަކީ އިޒްރޭލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެ ދައުލަތުގެ ވެރި ރަށަކީ ގުދުސް ކަމަށް ވެސް ބަލައިގަތުން ފަދަ ކަމެއް" ކަމަށެވެ.
ޓޫރިޒަމާ ބެހޭ ބައްދަލުވުން ފަލަސްތީނުގެ ގުދުސްގައި އިޒްރޭލުން ތައްޔާރުވަމުންދާއިރު އަރަބި ލީގުން ވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ބައެއް ގައުމުތަކުން މިބައްދަލުވުން ބޮއެކޮޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...