ދުނިޔެ ތަކެތީގެ އަގުބޮޑުވެގެން ޔަހޫދީ އިސްތިޢުމާރީ ދައުލަތުގައި ބަޔަކު މުޒާހަރާކޮށްފި

ތަކެތީގެ އަގުބޮޑުވެގެން ޔަހޫދީ އިސްތިޢުމާރީ ދައުލަތުގައި ބަޔަކު މުޒާހަރާކޮށްފި

ތަކެތީގެ އަގުބޮޑުވެގެން ޔަހޫދީ އިސްތިޢުމާރީ ދައުލަތުގައި ބަޔަކު މުޒާހަރާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ އިސްތިޢުމާރުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ލިކޫޑް ޕާޓީއިން ދާދިފަހުން ޓެކްސް ތައް ބޮޑުކުރުމުގެ ސަބަބުން ތަކެއްޗާއި ޚިދުމަތްތަކުގެ އަގު އުފުލުމުގެ ސަބަބުން ޔަހޫދީން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމުގެ އެކިކަންކޮޅުތަކުގައި ޔަހޫދީންގެ ބަޔަކު މުޒާހަރާކޮށްފިއެވެ.

ތަލްރަބީޢުގެ ދެހިސާބެއްގައި ބޭއްވުނު މިބޮޑު މުޒާހަރާތަކުގައި އެތަކެއް ހާސް ޔަހޫދީން ބައިވެރިވެފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ. އިސްތިޢުމާރީ ސަރުކާރުން ބުނަމުން އަންނަ ގޮތުގައި ޓެކްސްއަށް ނަގާވަރު އިތުރުކުރަންޖެހުނީ އެއީ ޤައުމުގެ އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް މަޖްބޫރުވެގެންކަމަށެވެ.

ބޮޑުވަޒީރު ނެތަންޔާހޫގެ ސިޔާސަތުތަކާއި ދެކޮޅަށް ކުރަމުން އަންނަ މިފަދަ މުޒާހަރާތަކުގައި ހަމަނުޖެހުން އިތުރުވެ އެއްބަޔަކު ގައިގައި ރޯކޮށްލައިގެން އަމިއްލައަށް މަރުވާތަންވެސް އާދެއެވެ.

މިދިޔަ ހުކުރުދުވަހު ހާރެޓްޒް ނޫހުން ނަގާފައިވާ ޕޮލްގެ ނަތީޖާއިން ދައްކާގޮތުގައި ނެތަންޔާހޫގެ ސިޔާސަތުގެ ސަބަބުން ޔަހޫދީންގެ މެދުގައި އޭނާ ލިކޫޑް ޕާޓީއަށް އޮންނަ ތާޢީދުވަނީ ބަރަށް ބޮޑުތަން ދަށަށްގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.