އަރަބިދުނިޔެ ސޫރިޔާގެ ސަރުކާރުން އެޤައުމުގައި ދިރިއުޅެމުންދާ ފަލަސްޠީމުގެ ރެފިއުޖީ ކޭންޕަކަށް ހަމަލާދީ 20 މީހުން ޤަތުލުކޮށްލާފި

ސޫރިޔާގެ ސަރުކާރުން އެޤައުމުގައި ދިރިއުޅެމުންދާ ފަލަސްޠީމުގެ ރެފިއުޖީ ކޭންޕަކަށް ހަމަލާދީ 20 މީހުން ޤަތުލުކޮށްލާފި

ސޫރިޔާގެ ސަރުކާރުން އެޤައުމުގައި ދިރިއުޅެމުންދާ ފަލަސްޠީމުގެ ރެފިއުޖީ ކޭންޕަކަށް ހަމަލާދީ 20 މީހުން ޤަތުލުކޮށްލާފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢުދީޢަރަބިއްޔާގެ މަޖަލަތުލް ބަޔާން ހާމަކުރާގޮތުގައި އިއްޔެ (15-ރަމަޟާން 1433) ގައި މޯޓަރުބަޑިން ސޫރިޔާގެ އަނިޔާވެރި ސަރުކާރުގެ ސިފައިން މޯޓަރުބަޑިން ހަމަލާދީ ސޫރިޔާގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖިންގެ 20 މީހުން ޤަތުލުކޮށްލާފިއެވެ.

އިއްޔެ ރޯދަވީއްލަޓަކައި މީސްތަކުން މަގުތަކުގައި ޖަމާވެފައިވަނިކޮށް މިޙަމާލަދިފައިވަނީ "ޔަރުމޫކު" ރެފިއުޖީ ކޭންޕަށެވެ. މިއީ ފަލަސްޠީނުގެ އެންމެ ގިނަ ރެފިއުޖީން ސޫރިޔާގައި ދިރި އުޅެމުން އަންނަ ކޭންޕުއެވެ. އަދި މިހަމަލާގައި އެތަށް ބަޔަކުވަނީ ޒަޚަމުވެފައެވެ.
މަންޒަރުދުށްމީހަކު ކިޔައިދިންގޮތުގައި "އަހުރެންނަށް އެޙަމަލާދިން މަންޒަރު ރީތިކޮށް ފެނުން. އޭރު އަހުރެން އައީ ރޯދަވީއްލުމަށްޓަކައި އަހުރެން ދިރިއުޅޭ ގެއަށް ދިއުމަށް ހިގާފަ. ކުއްލިއަކަށް ފުރަތަމަ އުންޑަ ވައްޓާލީ. އޭގެ ކުޑަ އިރުކޮށްޅެއްފަހުން ދެވަނަ އުޑަވެސް ވައްޓާލީ ހަމަ އެއްސަރަޙައްދަކަށް. އެއްވެފައިވާ މީސްތަކުންނަށް ލިބުނީ ކުއްލި ހައިރާން ކަމެއް. ހަމަ އެވަގުވެސް މީހުން މަރުވެގެން ވެއްޓުނު."

"ޔަރުމޫން" ރެފިއުޖީން ކޭންޕު ކައިރީގައިވާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ހާމަކޮށްފައިވާގޮތުގައި މިޙަމަލާގައި 20 މީހުން މަރުވެ 65 މީހުން ވަނީ ޒަޚަމުވެފައެވެ.

ބައްޝާރުގެ އަނިޔާވެރިކަމުގައި ސޫރިޔާގެ މުސްލިމުންނާއި އެޤައުމުގައި ދިރިއުޅޭ ފަލަސްޠީނުގެ ނިކަމެތި މުސްލިމުން ޤަތުލުކުރަމުން ދާއިރު 1965ވަނަ އަހަރު ޔަހޫދީން އަޅުވެތިކޮށްފައިވާ ސޫރިޔާގެ މަޝްހޫރު "ގޯލާނުގެ އުސްބިން" މިނިވަންކުރުމަށްޓަކައި ޒައިނިސްޓު ޔަހޫދީންނާއި ދެކޮޅަށް އެންމެ "މޯޓަރު ބަޑީގެ" އުއްޑައެއްވެސް ފޮނުވާލާފައި ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.