ސުފުރާ ބަޖިޔާ

ބަޖިޔާ

ބަޖިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި

1 މަސް ދަޅު
1 ގިތެޔޮ މިރުސް

2 ފިޔާ ( ފުޅާކޮށް ހަނިދިގަށް ކޮށާފައި )

ހިކަނދިފަތް
1 މޭޒުމަތީ ސަމުސާ ހަވާދު

2/1 ސައިސަމުސާ ތެޅިމިރުސް
2/1 ސައިސަމުސާ ރީނދޫ
އިގުރު
1 ސައިސަމުސާ ހަކުރު

ލޮނު

2 ޖޯޑުފުއް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފިޔާ، މިރުސް އަދި ހިކަނދިފަތް ކުޑަ ތެޔޮ ފޮދެއްގައި ވަޅޯ ކޮށްލާށެވެ. އެއަށްފަހު މަސް، ހަވާދު، ތެޅިމިރުސް، ރީނދޫ، އިގުރު، ހަކުރު އަދި ލޮނު އަޅުއްވާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ރޮށި ފިހަން ފުއް މޮޑުއްވާ ގޮތަށް ފުއް މޮޑުއްވާށެވެ. ރޮށި ގޮތަށް ދަންމަވާ ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ދަމާލާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލައްވާށެވެ.

ނޯޓް:

ބަޖިޔާ، ކަނޑުމަހުގައި ނޫނަސް ހެއްދެވިދާނެ އެވެ. ކުކުޅު މަސް، ގެރިމަސް، ނުވަތަ ކެބެޖްގައި ވެސް ހެއްދެވިދާނެ އެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.