ފަލަސްތިނުގެ ބިން ހިފައިގެން ތިބި އަނިޔާވެރި ޒައިނިސްޓުން ސުރިޔާގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ މުޖާހިދުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށް ހުށައެޅުމުން އެކަމަށް މުޖާހިދުން އިންކާރުކޮށް ދެކޮޅުހަދައިފިކަމަށް ތުރުކީގެ ނޫހަކުން ހާމަކޮށްފިއެވެ.
ތުރުކީގެ "ޙުރައިތު" ދުވަހު ނޫހުން ހާމަކޮށްފައިވާގޮތުގައި މިދިޔަ އާދިއްތަ ދުވަހު ހިފާފައިވާ ޤުދުސްގައި ތުރުކީވިލާތުގެ ނޫސްވެރިންތަކަކާއި އެކު ޒައިނިސްޓު ޔަހޫދީންގެ ޚާރިޖީކަންތަކާއި ބެހޭ ވަޒީރު އަވިޑޯރ ލިބަމަން އޭނާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައވަނީ މިކަން ހާމަކޮށްފައެވެ.
އަނެއްކޮޅުން މުޖާހިދުން މިއަދުވަނީ ސޫރިޔާގެ ބޯޑަރު ކައިރީގައިވާ ވައިގެ ބަދަރުތަކަށް އެޤައުމުގެ އަނިޔާވެރި ސަރުކާރުން ކެމިކަލްހަތިޔާރުތައް ޖަމާކުރާކަމަށް ހާމަކޮށްފައެވެ.
މަޞްދަރު: މަޖައްލަތުލްބަޔާން

ކޮމެންޓް (0)
ލޯޑް ކުރަމުން...