މިދިޔަ ހޯމަދުވަހު (4-ރަމަޟާން-1432) ސައުދީގެ ރަސްގެފާނުގެ އަމުރުފުޅަށް އެޤައުމުގެ އެކިކަންކޮޅުތަކުގައި ސޫރިޔާގެ މުސްލިމުނަށް އެހީތެރކަށްފޯރުކޮށްދިނުމަށް ފައިސާ އާއި ތެކެތި ޖަމާކުރުމަށް ފެއްޓި ޤައުމީ ކެންޕެއިނުގެ ފުރަތަމަ ދުވަހު 32 މިލިޔަން ޑޮލަރު ލިބިއްޖެއެވެ.
ސަޢުދީގެ ރަސްމީ ނޫސްއެޖެންސީން ހާމަކޮށްފައިވާގޮތުގައި ރަސްގެފާނު ޢަބުދުﷲ އިއްޔެ މި ޤައުމީ ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުންވަނީ 20 މިލިޔަން ރިޔާލް(5.3 މިލިޔަން ޑޮލަރު) ހަދިޔާކުރައްވާފައެވެ. އަދި ވަލީޢަހުދު ސުލައިމާން ބްނު ޢަބުދުލް ޢަޒިޒު ވަނީ ދިހަމިލިޔަން ރިޔާލު(2.65 މިލިޔަން ޑޮލަރު) ހަދިޔާކުރައްވާފައެވެ. އަދި އިތުރަށް އެއެޖެންސީން ހާމަކޮށްފައިވާގޮޔުން މި ހަރަކާތުގެ ފުރަތަމަ ދުވަސް ނިމިގެން ދިޔަ އިރު ވަނީ 121.77 މިލިޔަން ރިޔަލް( 32.6 މިލިޔަން ޑޮލަރު) ޖަމާވެފައެވެ.
ފައިސާގެ އިތުރުން ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި އަންނައުނާއި އަދި ރަޖާއާއި ބޭހުގެ ސާމާނުވެސް އަންނީ މިކެންފޭނަށް ޖަމާކުރަމުންނެވެ.
މަޞްދަރު: މަޖައްލަތުލް ބަޔާން

ކޮމެންޓް (0)
ލޯޑް ކުރަމުން...