ރިޕޯޓް

ޔަހޫދީންގެ މަކަރަށް ތިބާ ހޭލާހުންނާށެވެ!

 

ބައްޕަ އޭނާގެ ކުޑަ އަންހެން ދަރިފުޅަށް ދައްކަމުންދިޔައީ ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެ އެ ބިމުގެ ހަޤީޤީ އަހުލުވެރިން އަޅުވެތިކޮށް އެބައިމީހުންނަށް އެތަކެއް ވޭންދެނިވި އަނިޔާތަށް ކުރަމުންދާ އިޒްރޭލްގެ ޒަޔަނިސްޓް ޔަހޫދީން ފަަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންގެންދިޔަ އަނިޔާތަކުގެ ފޮޓޯތަކެވެ. 1948 ވަނަ އަހަރު އިޒްރޭލުން ފަލަސްޠީނުގައި ހިންގި ޤަޠުލްޢާންމުތަކުގެ ތެރެއިން ނަކްބާގެ ހިތާމަވެރި މަންޒަރުތަކާއި މުސްލިމް ރެފިއުޖީން އެބައިމީހުންގެ ގެދޮރު ދޫކޮށް ނިކަމެތިކަމާއެކު ހިޖްރަކުރަމުންދިޔަ މަންޒަރުތައް ދަރިފުޅަށް ކިޔައިދެމުންދިޔައެވެ. އަދި ކޮންމެ ތަސްވީރަކަށްފަހު އެއީ ނުލަފާ އިޒްރޭލްގެ ޔަހޫދީން ދެމުންދާ އަނިޔާކަން ހަނދާންކޮށްދެމުންދިޔައެވެ. މުސްލިމުންގެ މުޤައްދަސް އެއް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާއަށް ޔަހޫދީ ޓެރަރިސްޓުން ދީފައިވާ ގެއްލުންތަކާއި އެމުޤައްދަސް ބިނާ ރޯކޮށްފައިވާ ފޮޓޯތައް ސިފަކޮށްދެމުން ބުންޏެވެ. ދަރިފުޅާއެވެ! ޔަހޫދީންނަކީ މިފަދަ އަނިޔާވެރި މަކަރުވެރި ބައެކެވެ. އެބައިމީހުން ދުވަހަކުވެސް އަހުދަށް ވަފާތެރިނުވާނެއެވެ. ދަސްކުރާށެވެ! އަދި އެކަން ހަނދާންކުރާށެވެ! ބައްޕަ އޭނާގެ ދަރިފުޅާ މުހާތަބުކުރަމުންދިޔައީ ނަސޭހަތްތެރިވުމާއިއެކު އިންޒާރުކުރުމުގެ ރާގުގައެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ އިހަކަށްދުވަހު ނިމިގެންދިޔަ ފަލަސްޠީން ފޮޓޯ މަޢުރަޒުން އަޅުގަނޑަށް ފެނުނު މަންޒަރެވެ. އެވަގު އަޅުގަނޑަށް ކުރެވުނީ ވަރަށް ތަފާތު އިޙްސާސެކެވެ. އުވަގުތުގެ އިޙްސާސް އުފާވެރި ނަމަވެސް ހަޤީޤަތުގައި ކުރެވުނީ ހިތާމަވެރި އިޙްސާސެކެވެ. އެހެނީ މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން މަދު ފަހަރަކުމެނުވީ ނުފެންނަ މަންޒަރެކެވެ. އަޅުގަނޑުމެންގެ ގިނަބަޔަކުވަނީ ޔަހޫދީންނާއި އަދި ޔަހޫދީން ކޮންޓްރޯލްކުރަމުންދާ ހުޅަނގުގެ ތަޙްޒީބާއި ތަމައްދުންގައި ވާވަދެ ނިމިފައެވެ. އެމީހުންގެ ކޮންމެ މަންޒަރެއް ރީތިވެ ކޮންމެ ސަޤާފަތެއް ނުވަތަ އާދައެއް ކަމުގޮސްފައެވެ. އެބައިމީހުންގެ ކޮންމެ ބަހަކަށް ހެއްލުންތެރިވެ އެބައިމީހުންގެ ފަރާތައް ލެނބިއްޖެނަމަ ސަލާމަތްތެރިކަން ލިބިދާނޭކަން ލޮލުންބޮލުން ޤަބޫލުކޮށްފައެވެ.

ތިމާގެ އަމިއްލަ ނަފްސަށް ހަޤީޤަތް އޮޅުވާލުމުގެ ބޭނުމަކީ ކޮބާތޯއެވެ؟ އެބައިމީހުންގެ މަކަރާއި ހީލަތް ތިބާ ކަނު ލޮލަކުން ބަލާ އަނެކާއަށް އެކަން ޒީނަތްތެރިކޮށްދެނީ ކީއްވެގެންތޯއެވެ؟

ހުޅަނގުގެ މީޑިއާ މިއަދުވަނީ ޔަހޫދީންގެ މުށުތެރޭގައެވެ. އެބައިމީހުންވަނީ މިނިވަން މީޑިއާގެ ނަމުގައި ހުރިހާ މީޑިއާތައް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިނިވަން މީޑިއާގެ ނަމުގައި ވަކާލާތުކުރަމުން ހުޅަނގުން މަތިހަށިނަގާ ދާއިރު އަނިޔާލިބި ނިކަމެތިވަމުންދާ މުސްލިމުންގެ ވާހަކަތައް ފޮރުވާފައިވަނީ ކީއްވެގެންހެއްޔެވެ. ހާހުން ލައްކައިން މުސްލިމުންގެ ނިކަމެތި ޢާއިލާތައް ކުޑަކުދިންނާ އަންހެނުންނާއި މުސްކުޅިންގެ މެދުގައި ފަރަގެއްނެތި އަނިޔާވެރި ކަތިލުންތަކުން ކަތިލެވެމުންދާއިރު ޔަހޫދީއެއްގެ ކަރުގައި ކުކުޅުކައިގެން ޖެހޭ ކައްޓެއްގެވާހަކަ މުޅި މީޑިއާ ހިޞާރުކުރަމުންދާތީ ތިބާއަށް ނުފެނޭހެއްޔެވެ. މިއީ 19 ވަނަ ޤަރުނުގެ ފެށުމާއިއެކު އެބައިމީހުން އެކުލަވާލީ ޔަހޫދީންގެ ޒަޔަނިސްޓް ޕްރޮޓޮކޯލްގެ މުހިންމު ބައެކެވެ. ހަޤީޤަތް ސިއްރުކޮށް މީޑިއާ އަޅުވެތިކޮށް އެބައިމީހުންގެ ޕްރޮޕެގެންޑާ މުޅި ދުނިޔޭގައި ފެތުރުމެވެ. އަބައިމީހުންގެ އަޤީދާއަކީ އެބައިމީހުން ފިޔަވައި ދެންތިބީ އެބައިމީހުންގެ ޚިދުމަތުގައިތިބި އެމީހުންގެ އަޅުންކަމުގެ އަޤީދާއެވެ.
އަޑުއައްސަވާށެވެ. އެއީ ޒަޔަނިސްޓް ޔަހޫދީންނެވެ. އެބައިމީހުންވަނީ މުސްލިމުން ނިކަމެތިކޮށްފައެވެ. ތިބާގެ މުސްލިމް އަޚާގެ ލޭ އޮހޮރާފައެވެ. ތިބާގެ މުސްލިމް އަޚާ އޭނާގެ ގެދޮރުން ނިކަމެތިކަމާއެކު ނެރެ ބިކަކޮށްލާފައެވެ. ތިބާ އެދީނަކަށް ތަބާވާ ހައްޤުދީނަށް އިހާނެތިކޮށް އެދީނުގެ މުޤައްދަސް ބިނާތަކަށް ވެރިވެ އެތަންތަން މުޑުދާރުކުރަމުން އެގެންދަނީ ތިބާ ނިކަމެތިކުރުމަށެވެ. ތިބާގެ އަޤީދާއަކީ ބާޠިލް އެއްޗެއްކަން ތިބާގެ ސިކުނޑިއަށް ވެއްދުމަށެވެ. މިއީ އެބައިމީހުންގެ މިއަދުގެ އެކަނި ހާލަތެއް ނޫންނެވެ. އެބައިމީހުންގެ މި މަސައްކަތަކީ ދިގު ތާރީޚެކެވެ. ނަބިއްޔުންނާއި ރަސޫލުންގެ ޒަމާންތައް ފަހަނަ އަޅައިދިޔަ ދިގު ތާރީޚެކެވެ. ﷲ ގެ ނަބިއްޔުން ޝަހީދުކޮށް މާތް ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމައަށް ޒަހަރުދީ ހަދާފައިވަނީ އެބައިމީހުންގެ މަކަރުވެރި ރޭވުމުގެ ދަށުންނެވެ. އެއީ ރަޙްމަތްްތެރިންކަމުގައި ހެދިގެންތިބި މުނާފިޤުންނެވެ. އެއީ މަދަދުގާރުންކަމުގައި ހެދުމުގައިތިބި ޣައްދާރުންނެވެ. އެއީ އެކުވެރިންކަމުގައި އައިސް ތިބާ އަޅުވެތިކުރާން ތައްޔާރައްތިބި ދުޝްމަނުންނެވެ. އެއީ މުސްލިމުންގެ އަދާވާތްތެރި ޔަހޫދީންނެވެ.

އެ އަޚުންނޭވެ! މަދަދު ދެއްވަނީ ﷲ ކަން ތިބާ ހަނދާންނައްތާނުލާށެވެ! ނަޞްރުވަނީ ﷲ ގެ ހަޟްރަތުންކަން ތިބާ ޔަޤީންކުރާށެވެ! އަދި ﷲ ގެ އަދާވާތްތެރިން ތިބާގެ އެކުވެރިންކަމުގައި ނުހިފާށެވެ. އެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ތިބާއަށް އިންޒާރުކުރައްވާފައެވެ.
އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ. وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ(ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން ރަޙްމަތްތެރިންކަމުގައި ދެކެފި މީހަކީ އަބައިމީހުންގެ ތެރެއިންވާބައެކެވެ.)
އަދިވެސް ވަޙީކުރައްވާފައިވެއެވެ. يَـأَيُّهَا الَّذِينَ ءَامَنُواْ لاَ تَتَّخِذُواْ الْيَهُودَ وَالنَّصَـرَى أَوْلِيَآءَ(މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އެކުވެރިންކަމުގައި ޔަހޫދީންނާއި ނަޞާރާއިން ނުހިފާށެވެ...)

އިސްވެދެންނެވުނު ބަސްފުޅުތަކުގެ ހަޤީޤަތް އަދާއި ހަމައަށްވެސް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި މިދަނީ ސާބިތުވަމުންނެވެ. ޔަހޫދީންގެ މަކަރާއި އަނިޔާވެރިކަން މުޅި އިސްލާމީ އުންމަތައް މިވަނީ އާންމުވެފައެވެ. ވީއިރު އަޅުގަނޑުމެން އެބައިމީހުންގެ ހަޤީޤަތް ދެނެގަންނަން ނުވޭތޯއެވެ. އަޅުގަނޑުމެންގެ ދަރިންނަށް އެބައިމީހުންގެ މަކަރުވެރިކަން ހާމަކޮށްދީ އިންޒާރުކުރަން ނުވޭތޯއެވެ؟ ޔަހޫދީންނާއި މުސްލިމުންގެ އަދާވާތްތެރިންނަށް ތިބާގެ ދަރިންގެ ހިތުގައި ލޯބި ޖައްސުވައި އެބައިމީހުންގެ ބެރަށް ނަށާބައެއް ކަމުގައި ތިބާގެ ދަރިފުޅު ވެއްޖެނަމަ އެއީ ތިބާއާއި އެ ދަރިފުޅުގެ ހަލާކުކަން ތިބާ ދަންނާށެވެ.

އަޑުއައްސަވާށެވެ! މާތް ﷲ ކީރިތި ޤުރުއާނުގެ އަލް މާއިދާ ސޫރަތުގެ 82 ވަނަ އާޔަތުގައި އިންޒާރުކުރައްވާފައިވަނީ މިފަދައިންނެވެ.
"إيمانވި މީހުންނަށް މީސްތަކުންކުރެ، عداوةތެރިކަން އެންމެބޮޑު ބަޔަކީ،يهودىންނާއި، އަދި شريكކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނުދެކެވަޑައިގަންނަވާނޫއެވެ."

ގުޅުންހުރި

2 ޚިޔާލު

  1. އދ ކިޔާ ޖަމުއްޔާއެއް ހަދައިގެން އުޅެނީވެސް މުސްލިމުންނާއި ހަންގުރާމަކުރަން، އަޅުވެތިކުރަން މި އދ ލުގެ އެއްވެސް މުވާހަދާކަށް އަދާއި ހަމަޔަވެސް މިބައިމީހުން ތަބާބާކަށެއް ނުޖެހޭ އަބަދުވެސް އދ މުވާހަދާ ތަކަށް ތަބާވާން ޖެހިފަ އޮންނަނީ މުސްލިމުން ނަށް، މިބައި މީހުން ކިތަންމެ ވަރަކަށް އިންސާނުން މެރިޔަސް އެކަންވެސް މި އދ ކަށް ދުވަހަކުވެސް ކުވެރި ނުކުރެވޭ އެއީ އިންސާނުންގެ ޙައްޤަ އެރީކަމަކަށްވެސް ނުބެލެވޭ!

  2. ހޭލާތިއްބަކަސް އަދި ކަމަކުނުދާނެ. އަމަލު ކުރަންޖެހޭނެ. އެމީހުން މީޑިއާ ބޭނުންކުރާވަރައް އަހަރެމެންނައްވެސް މީޑިޔާ ބޭނުންކުރެވޭނެ ދުވަސް މިއޮތީ އައިސް. ވީމާ ހަދަންވީގޮތަކީ ދީނުގެ ދިފާއުގާ އަހަރެމެން އެންމެންވެސް މީޑިޔާ ބޭނުންކުރަންވީ. ހަމައެކަނި ހަބަރު ކިޔާމީހުންނައް ވެގެން ކަމަކުނުދާނެ. ހަބަރު ލިޔާ، އުފައްދާ ބަޔަކައް ވާންޖެހޭ މުސްލިމުން.

Your email address will not be published. Required fields are marked *

More in ރިޕޯޓް