ދުނިޔެ އެމެރިކާގެ މަރފްރީސްބޮރޯގެ އިސްލާމިކް ސެންޓަރ ހުޅުވުމަށް ފަނޑިޔާރަކު ހުރަސް އަޅައިފި

އެމެރިކާގެ މަރފްރީސްބޮރޯގެ އިސްލާމިކް ސެންޓަރ ހުޅުވުމަށް ފަނޑިޔާރަކު ހުރަސް އަޅައިފި

އެމެރިކާގެ މަރފްރީސްބޮރޯގެ އިސްލާމިކް ސެންޓަރ ހުޅުވުމަށް ފަނޑިޔާރަކު ހުރަސް އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ޓެނެސީގެ މަރފްރީސްބޮރޯގައި އަލަށް އިމާރާތްކުރަމުންދާ އިސްލާމިކް ސެންޓަރ ހުޅުވުމަށް ރުދަފޯރޑް ކައުންޓީގެ ފަނޑިޔާރަކު ހުރަސް އަޅައިފިއެވެ.

ޗަންސަލަރ ރޮބަރޓް ކޯރލިއުވަނީ މިސްކިތް ހުޅުވުމަށް ބޭނުންވާ ސަރޓިފިކެޓް އޮފް އޮކިއުޕަންސީ ދިނުމަށް ހުރަސްއަޅާފައެވެ. އޭނާގެ ޙުކުމުގައި ބުނާގޮތުގައި މިސްކިތުގެ ކޮންސްޓްރަކްޝަން ޕްލޭންތަކުގެ ހުއްދަދީފައިވާ މޭ 2010 ގެ ބައްދަލުވުމުގެ ޕަބްލިކް ނޯޓިސް އެންމެ އެދެވޭގޮތަށް ކައުންޓީ އޮފިޝަލުންދީފައި ނުވާކަމަށެވެ.

ކައުންޓީން ވަނީ ފަނޑިޔާރު ކޯރލިއުގެ މިދައުވާ އިންކާރުކޮށްފައެވެ. އަދި ކައުންޓިގެ ޤާނޫނީ ވަކީލުން ހާމަކުރާގޮތުގައި މިސްކިތް ކޮންސްޓްރަކްޝަން ޕްލޭންގެ ހުއްދަދީފައިވާ ބައްދަލުވުމުގެ ކަންތައް އިންތިޒާމްކޮށްފައިވަނީ އެފަދަ އެހެން ބައްދަލުވުންތައްވެސް އިންތިޒާމްކޮށްފައިވާ ގޮތަށް ކަމަށާއި އަދި ކޯރލިއުގެ މި ޙުކުމް މިހާރު ޓެނެސީގެ އިސްތިއުނާފް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިކަމަށެވެ.

އިސްތިއުނާފްކޮށް މައްސަލަ ނިންމަންދެން ކޯރލިއުގެ ޙުކުމްއަދި މަޑުޖައްސާލުމަށް ކޯރލިއަށް ކައުންޓީގެ ވަކީލުން އެންގުން ކޯރލިއުވަނީ އެކަމާ ދެކޮޅުހަދާފައެވެ. އޭނާ ހާމަކުރިގޮތުގައި އޭނާ އެޙުކުމް ފަހަށް މަޑުޖައްސާލައިފިނަމަ މިސްކިތުގެ ކޮންސްޓްރަކްޝަން ޕްލޭންގެ ހުއްދަ ބާތިލްކުރުމަށް އޭނާ ނަގާފައިވާ ފިޔަވަޅު އެއްވެސް ތާކުންތާކު ނުޖެހި ހިނގައިދާނޭކަމަށެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.