އެހީ! އަޒްހާރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

އަޒްހާރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

އަޒްހާރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބ. އޭދަފުށީ ދަނޑުމަތީގޭ، ޠާހިރާ އަޒްހާރު އަކީ އަލީ އާދަމް އާއި ޒުލްފާ ޙަސަންގެ 5 ވަނަ ދަރިފުޅެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލުކުރަމުންދާ 11 އަހަރުގެ އަޒްހާރު އަކީ ކެންސަރ ބަލި ތަޙައްމަލު ކުރަމުންދާ ކުއްޖެކެވެ.

މީގެ 3 މަސް ކުރިން އަޒްހާރު ވަރަށް ގަދައަށް ހުން އައިސް ކަރުގެ އެތެރެއިން ދުޅަވާތީ އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ހޯދާ ރަނގަޅު ނުވުމުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ރާއްޖެއިން ބޭރަށް ދިއުމަށް ލަފާއެރު ވިއެވެ. އޭރު އަޒްހާރުގެ ހަށިގަނޑު ވަނީ ބަލީގެ އުނދަގޫ ބޮޑުވެ އަނަރޫފަވެފަ އެވެ. އިންޑިއާއަށް ދިއުމާ ހަމައަށް ވެސް އަޒްހާރުގެ އާއިލާއަކަށް އަޒްހާރަށް ޖެހިފައިވަނީ ކެންސަރުކަން އެނގިފައި ނުވެ އެވެ.

އާސަންދައިގެ އެހީއާއި އާއިލާ އަދި ރަޙްމަތެރިންގެ އެހީގައި އިންޑިއާއަށް ގޮސް އެތަނުގެ އާރުސީސީ ހޮސްޕިޓަލަށް ދެއްކުމުން އަޒްހާރުގެ ވާތް ފަރާތު ފުއްޕާމެއަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ. އަދި ކަނާތް ފަރާތުގައި ވެސް ޓިއުމަރތަކެއް އުފެދިފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދިނެވެ. ވަގުތުން އަޒްހާރަށް ރޭޑިއޭޝަން އަދި ކީމޯ ދެވެން ފެށުނެވެ. އަދި ކެންސަރު ފެތުރުނަ ނުދީ ކޮންޓްރޯލު ކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް، ފުއްޕާމޭގެ ކަނާތް ފަރާތް އެކަނި މަސައްކަތް ކުރާތީ ކުރަންޖެހޭ އިތުރު އޮޕަރޭޝަން ތަކެއް ވަނީ ނުކުރެވިފަ އެވެ.

ކީމޯ އަދި ރޭޑިއޭޝަން ދިނުމަށް 8 މަސް ދުވަހުގެ މުއްދަތަށް އިންޑިއާގައި މަޑުކުރަން ޖެހުމުން، އެ ގައުމުގައި ތިބުމަށާއި އެހެނިހެން  ޚަރަދުތައް ކުރުމަށް ޢާއިލާއިން ވަނީ ނުކުޅެދިފަ އެވެ. އަޒްހާރު ވަނީ ތިޔަބޭފުޅުންގެ އެހީއަށް ބޭނުން ވެފަ އެވެ. ދީލަތި ފަރާތްތަކެއްގެ އެހީއާއި މަދަދަށް ބޭނުންވެފައިވާ އަޒްހާރަށް ލަސްނުކުރައްވާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެ ޢާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ޠާހިރާ އަޒްހާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އަހްމަދު ފަޒީލްގެ ނަންބަރު 7764990 ފޯނަށް ގުޅުއްވާށެވެ. ބޭންކް މެދުވެރިކޮށް އެހީވެދެއްވާނަމަ އަޒްހާރުގެ ބައްޕަ، އަލީ އާދަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު7704253046001 އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް އަޒްހާރުގެ ޢާއިލާއިން އެދެ އެވެ. އަޒްހާރުގެ ބައްޔާ ބެހޭ ލިޔެކިޔުންތަށް ވަނީ ދިއިސްލާމްއަށް ލިބިފައެވެ.

 އަޒްހާރަށް ދިއްކޮށްލެވޭ އެންމެ ފައިސާ ފޮއްޗަކީވެސް އެފަރާތަށް މިއަދު ބޮޑު އެއްޗަކަށް ވާނެ އެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ﷲގެ މަގުގައި ހޭދަކުރުމަކީ ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި ތިބާއަށް ﷲ އެއަށްވުރެ މަތީ ދަރަޖަ ދެއްވާނެކަން ކަށަވަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.