އަރަބިދުނިޔެ ފަލަސްތީނަށް އެޤައުމުގެ ހައްޤުތަކާއި މިނިވަންކަމާއި ބިންތަށް ލިބެންދެން މިސްރު ފަލަސްތީނާއި އެކު ވާނަން: މިސްރުގެ އާ ރަޢީސް ޑރ.މުރުސީ

ފަލަސްތީނަށް އެޤައުމުގެ ހައްޤުތަކާއި މިނިވަންކަމާއި ބިންތަށް ލިބެންދެން މިސްރު ފަލަސްތީނާއި އެކު ވާނަން: މިސްރުގެ އާ ރަޢީސް ޑރ.މުރުސީ

ފަލަސްތީނަށް އެޤައުމުގެ ހައްޤުތަކާއި މިނިވަންކަމާއި ބިންތަށް ލިބެންދެން މިސްރު ފަލަސްތީނާއި އެކު ވާނަން: މިސްރުގެ އާ ރަޢީސް ޑރ.މުރުސީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ މުރުސީ

ސޫރިޔާގައި އެގައުމުގެ ސަރުކާރުން ހިންގަމުންދާ ގަތުލް އާންމ މިހާރުން މިހާރަށް ހުއްޓެން ޖެހޭ ކަމަށާއި ފަލަސްތީނަށް އެގައުމުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި ބިންތަށް ލިބެންދެން މިސްރުން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ވާނެ ކަމަށް މިސްރުގެ ވެރިކަމާއި އަލަށް ހަވާލުވެ ވަޑައިގަތް ޑރ.މުރުސީ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ކާރިއޯ ޔުނިވާސިޓީ އަށް ވަޑައިގެން ރަޢީސް ގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމމުން ޑރ.މުރުސީ ވިދާޅުވީ މިހާރުން ފެށިގެން އަރަބި އެއްވެސް ގައުމެއްގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއަށް ބަލަން މިސްރުން ނޯންނާނެކަމަށެވެ. އަދި އެއްވެސް ބޭރުގެ ނުފޫޒަކުން މިސްރުގެ ދާހިލީ ކަންކަމާއި ނުބެހުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ. ހަމަ އެހެންމެ މިސްރުންވެސް އެހެން ގައުމު ތަކުގެ ދާހިލީ މައްސަލަތަކާއި ނުބެހޭނެކަމަށް ވެސް ރައީސް މުރުސީ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުރުސީ ވަނީ އެގައުމު އަލުން އަނބުރާ އާރާސްތު ކުރުމަށް ހުރިހާ ރައްޔިތުން އެކުވެރިވެ އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި މުބާރަކްގެ ވެރިކަމާއި ދެކޮޅަށް ނިކުތް މީހުންގެތެރިއިން އޭރު މަރާލެވުނު މީހުންނަށް އިންސާފު ހޯދާދޭނެ ކަމަށް ތަކުރާރުކޮށް މުރުސީ ވަނީ ވިދާޅުވެފައެވެ.

ރައީސް މުރުސީ އެގައުމުގެ ސިފައިންނާއި ފުލުހުންނަށް މުބާރަކްގެ ވެރިކަމަށް ފަހު އެބޭފުޅުން ކުރުއްވެވި މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެން ސިފައިންނަށް އޮންނާނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތަށް ކުރުން ކަމަށްވެސް މުރުސީ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށް ފަހު ރައީސް މުރުސީ ވަނީ ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ވެރިކަމުގެ ބާރުތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.