އަރަބިދުނިޔެ މިސްރުގެ އާ ރަޢީސް މަޤާމުގެ ހުވާ ކުރައްވައިފި

މިސްރުގެ އާ ރަޢީސް މަޤާމުގެ ހުވާ ކުރައްވައިފި

މިސްރުގެ އާ ރަޢީސް މަޤާމުގެ ހުވާ ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިސްރުގެ އާ ރަޢީސް ޑރ. މުރުސީ މަޤާމުގެ ހުވާ ކުރައްވަފިއެވެ.

މިސްރުގައި މުބާރަކްގެ ވެރިކަން ރައްޔިތުން ނިކުމެ ވައްޓާލިފަހުން ބޭއްވުނު ފުރަތަމަ މިނިވަން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިޙްވާނުލް މުސްލިމީންގެ ކެންޑިޑޭޓް ޑރ.މުރުސީ އިއްޔެ މަޤާމުގެ ހުވާ ކުރެއްވީ އެގައުމުގެ ދުސްތޫރީ އެންމެ މަތީ ކޯޓުގައެވެ. މަޤާމުގެ ހުވާ ކުރައްވާފައި ވަނީ 18 ފަޑިޔާރުންގެ ކުރިފުޅު މަތީގައެވެ.

އާންމު ގޮތެއްގައި މިސްރުގައި ރައީސް ވެރިކަމުގެ ހުވާ ކުރައްވަނީ މަޖިލީސް މެމްބަރުންގެ ކުރިފުޅު މަތީގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށެން ކައިރިވެފައި ވަނިކޮށް މިސްރުގެ ދުސްތޫރީ އެންމެ މަތީ ކޯޓުން ވަނީ މުބާރަކްގެ ވެރިކަމަށް ފަހު އިންތިހާބު ކުރެވުނު ފުރަތަމަ ރައްޔިތުންގެ މަޖިލިސް އުވާލާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް އެ ގޮތަށް އުވާ ނުލެވޭނެކަމަށް މިސްރުގެ ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން މިސްރުގައި މުބާރަކަށް ފަހު ވެރިކަން ކުރަމުން އަންނަ ސުޕްރީމް ކައުންސިލް އޮފް އާރމް ފޯރސަސް އިން ވަނީ ރައީސްގެ ވެރިކަމުގެ ބާރު ތަށް ހަނިވާނޭ ފަދަ ގަރާރެއް ނެރެފައެވެ. މި ގަރާރުގައި ބުނާ ގޮތުން ވެރިކަމާއި އިންތިހާބު ވާ ރައީސަކު ހަވާލުވި ކަމުގައި ވީނަމަވެސް ސިފައިންނަށް އެއްވެސް ބާރެއް ރައީސަކަށް ނުހިންގެއެވެ.

ރައްޔިތުންގެ މަޖިލީސް އުވާލުމާއި ސުޕްރީމް ކައުންސިލް އޮފް އާރމް ފޯރަސަސްގެ މި ގަރާރާއި، އަލަށް އިންތިހާބު ވި ރައީސް ޑރ. މުރުސީ ދަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވެފައި ވަނީ ވެރިކަން ކުރައްވާނީ ވެރިކަމުގެ ފުރިހަމަ ބާރާއި އެކު ކަމަށެވެ. އަދި ރައްޔިތުން ހަވާލު ކުރި ބުރަ މަސްއޫލިއްޔަތު އަދާ ކުރާނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއި އެކު ކަމަށް ބުނަމުންނެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށް ފަހު ކާރިއޯ ޔުނިވާސިޓީ އަށް ވަޑައިގެން ރަޢީސް މުރުސީ ވަނީ ގައުމާއި މުހާތަބު ކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.