އަރަބިދުނިޔެ ގެފުޅުގައި ފޮޓޯނެގުމާއި ފޯނު ރިންގުވުމުގެ މައްސަލަ އާންމު އުނދަގުލަކަށް

ގެފުޅުގައި ފޮޓޯނެގުމާއި ފޯނު ރިންގުވުމުގެ މައްސަލަ އާންމު އުނދަގުލަކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ގެފުޅުގައި ފޮޓޯނެގުމާއި ފޯނު ރިންގުވުމުގެ މައްސަލަ އާންމު އުނދަގުލަކަށްވެގެން އެކަން ހައްލަކަށް އެޅުވުމަށްޓަކައި ސައުދީ ސަރުކާރުން ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހަބަރު ލިބޭގޮތުގައި ވޭތުވެދިޔަ ރަމަޟާން މަހުގައިވެސް އުމްރާއަށް ގިނަ އަދަދެއްގެ ބަޔަކު ގެފުޅަށް އައިސް އަޅުކަމުގެ އިތުރުން ފޮޓޯ ނެގުންފަދަ ކަންތައްތައް ކުރުމުގެ ސަބަބުން އާންމު އުދަގުލަކަށްވެ ޝަކުވާތައްވަނީ ކުރިމަތިވެފައެވެ. ބައެއް ފަރާތްތަކުން އަޅުކަމުގައި މަސްޢޫލުވެގެން އުޅޭއިރު ޖެހިގެން ހުންނަ މީހާގެ ފޯނުން ތަފާތު މިއުޒިކުގެ އަޑުން އަޅުވެރިންނަށް އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ފޯނު ނެގުމަށްފަހު ގެފުޅުގެ އެތެރޭގައި އަޑުހަރުކޮށް ވާހަކަ ދެއްކުމުގެ ސަބަބުންވެސް އަޅުކަމުގައި އުޅޭ އެތައް ބަޔަކަށް އޭގެ އުނދަގޫދަނީ ފޯރަމުންނެވެ. ގެފުޅުގެ އެތެރޭގައި ބައެއް ފަރާތްތަކުން ފޮޓޯ ނެގުމަށް 'ފްލޭޝް' ކަނޑާލާ އިރަށް އޭގެ އުނދަގޫވެސް ބައެއް ފަރާތްތަކަށް ދަނީ އިންތިހާއަށް ފޯރަމުންނެވެ.

ދާދިފަހުން ސައުދީ އަރަބިއްޔާގެ ސަރުކާރުންވަނީ މައްކާގެ ގެފުޅުގައި ނަމާދުކުރާތަން ‘ރިޒާވް’ ނުކުރެވޭގޮތައްވެސް ހަދާފައެވެ. މައްކާގެ ބައެއް ފަރާތްތަކުން ގެފުޅުގެ ފުރަތަމަ ސަފުގައި ކުނާ އެޅުމަށްފަހު އެތަން ‘ރިޒާވް’ ކޮށްފައި ބަހައްޓާ ކަމަށާއި ފަހުން އަންނަ މީހުންނަށް އެޖާގަ ވިއްކާލާކަމަށް ހަބަރުލިބެއެވެ.

ޓެގް

އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.