ތުރުކީގެ އެފް-4 މަރުކާގެ ހަނގުރާމަ މަތީ ޖެޓަށް ހަމަލާދީ ވައްޓާލީ ސޫރިޔާ ސިފައިންކަން އެގައުމުގެ ސިފައިންނާއި ހަވާލާދީ ސަރުކާރު ޓީވީ އިން ބުނެފިއެވެ.
ސޫރިޔާ ސިފައިން ބުނެފައި ވަނީ ތުރުކީގެ ޖެޓަށް ހަމަލާދިނީ ސޫރިޔާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދަނިކޮށް ކަމަށެވެ. އަދި ހަމަލާދީ ޖެޓު ވައްޓާލީ ހުކުރު ދުވަހު ކަމަށްވެސް ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ތުރުކީގެ ޖެޓަށް ހަމަލާދީ ވައްޓާލިކަން ސޫރިޔާއިން އެއްބަސް ވުމާއި ގުޅިގެން ތުރުކީއިން ދަނީ އެގައުމުން އަމަލު ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުން ކަމަށް ހަބަރުލިބެއެވެ. ތުރުކީގެ ބޮޑު ވަޒީރު ބުނެފައިވަނީ މިކަމާއި ގުޅިގެން ތުރުކީއިން ކުރަންޖެހުނު ކަމެށް ކުރާނެކަމަށެވެ. އަދި ތުރުކީއިން ފިޔަވަޅެށް އަޅާނީ ކަން ހިނގާ ދިޔަގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.
ތުރުކީއާއި ސޫރިޔާ ސިފައިން މިހާރު ދަނީ ޖެޓު ދުއްވަމުން ދިޔަ 2 ޕައިލެޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...