ތުރުކީގެ ހަނގުރާމަ މަތީ އެފް- 4 މަރުކާގެ ޖެޓެށް ސޫރިޔާކައިރިން ގެއްލިއްޖެއެވެ.
މީޑިއާތަކުން ބުނާގޮތުގައި ތުރުކީއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ހަބަރުލިބޭ ގޮތުގައި މި ޖެޓު އުދުހެމުން ދިޔައީ ސޫރިޔާ އާއި ތުރުކީ ގުޅޭ ބޯރޑާކައިރީގައެވެ. ތުރުކީގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެ ޖެޓް ހޯދުމާއި އެ ދުއްވަމުންދިޔަ 2 ޕައިލެޓުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށެވެ. ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ތުރުކީގެ ބޮޑުވަޒީރު ވިދާޅުވީ ޖެޓް ގެއްލިފައިވަނީ ސޫރިޔާ ކައިރިން ކަމަށާއި ސޫރިޔާ ސިފައިން ޖެޓަށް ހަމަލާދިނީކަމެއް އަދި އެނގިފައި ނުވާކަމަށެވެ. އަދި ސޫރިޔާއިން އެފަދަ ކަމަކަށް މައާފަށް އެދިފާނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ އޮފިޝަލުން ބުނާގޮތުގައި ޖެޓަށް ހަމަލާދީ އެ ވައްޓާލީ ސޫރިޔާ ސިފައިން ކަމުގައި ވާނަމަ އެޔަށް ރައްދު ހަމަލާ ދޭނީ ނޭޓޯ އިންނެވެ. އެއީ ތުރުކީއަކީ ނޭޓޯގެ މެމްބަރު ގައުމަކަށްވުމުން ކަމަށާއި، ސޫރިޔާއިން އެޔަށް ހަމަލާދިނުން ވެގެންދާނީ ނޭޓޯއާއި ދެކޮޅަށް ދެވުނު ހަމަލާއަކަށް ކަމުގައި އޮފިޝަލުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...