އެމެރިކާ އީރާނަކީ ބޮޑުބާރެއްކަމަށް އެމެރިކާ ސަރުކާރުން ދެކެންޖެހޭނެކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ

އީރާނަކީ ބޮޑުބާރެއްކަމަށް އެމެރިކާ ސަރުކާރުން ދެކެންޖެހޭނެކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފްރާހް

އީރާނަކީ ބޮޑުބާރެއްކަމަށް އެމެރިކާ ސަރުކާރުން ދެކެންޖެހޭނެކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް ނިޖާދު މިފަދަ ވަރުގަދަ ވާހަކައެއް ވިދާޅުވެފައިވަނީ އީރާނު ސަރުކާރުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެނޫހުގައި ނީޖާދު ވިދާޅުވީ "އީރާނުން ނިއުކްލިއަރ ބޮމަކަށް ބޭނުންނުވާ ކަމަށާއި، ނަމަވެސް ދުނިޔޭގައި އީރާނަކީ މައިގަނޑު ދައުރެއްއޮތް ގައުމެއްކަމަށް އެމެރިކާއިން ގަބޫލު ކުރުމަށާއި އީރާނަކީ ބޮޑުބާރެއްކަމަށް އެމެރިކާ ސަރުކާރުން ދެކެންޖެހޭނެ ކަމަށެވެ.

އީރާނުގެ ނޫހަށް އަހުމަދު ނީޖާދު ދެއްވާފައިވާ ބަސްދީގަތުން ޝާއިއު ކުރިއިރު އެބޭފުޅާ ހުންނެވީ އެމެރިކާގައި އދ ގެ ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވެ. އދ ކުރެއްވި ތަގުރީރުގައިވެސްވަނީ އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ. ތަގުރީރުގައި ނީޖާދު ވިދާޅުވެފައިވަނީ "އީރާނަކީ މުސްތަޤްބަލުކަމަށާއި އެމެރިކާއިން އީރާނަކީ ދުނިޔޭގެ މަސްރަހްގައި މުހިންމު ދައުރެއް އަދާކުރާނެ ގައުމެއްކަމުގައި ގަބޫލުކުރަންޖެހޭނެކަމަށެވެ. އަދި ދުނިޔޭގައި ގޮތްކިޔުމާއި ގޮތް ކަނޑައަޅަންތިބި "ހަމަހަމަކަމާއި އިންސާފެއްނެތް" ފަރާތްތައް އޯވަރހޯލް ކުރަންޖެހިފައިވާކަމަށްވެސް އދ ގައި ތަގުރީރު ކުރައްވަމުން އީރާނުގެ ރައީސް އަހުމަދު ނީޖާދުވަނީ ވިދާޅުވެފައެވެ.

އީރާނުގެ ރައީސް ފަހަކަށް އައިސް އެމެރިކާއަށާއި އިޒްރޭލަށް އެހެން ޤައުމުތަކުން ނުދޭހާ ވަރުގަދަ 'ބަހުގެ ހަމަލާ'ތައް ދަނީ ދެމުންނެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.