އިޒްރޭލުން އަސްކަރީ ބޭނުމަށް 20 ޖެޓު ގަތުމަށް އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އިޒްރޭލުގެ މީޑިއާތަކުން ހާމަކުރާގޮތުގައި އިޒްރޭލުން ގަންނަން މަސައްކަތް ކުރަނީ އެމެރިކާއިން އުފައްދާ ވިއްކަމުންދާ އެންމެ އަގުބޮޑު އަދި އެންމެ ޤާބިލް ޖެޓުކަމަށެވެ. އެމެރިކާ ޑޮލަރުން 20 ބިލިއަން ހަރަދުވާނެކަމަށް ބެލެވޭ އެފް-35 މަރުކާގެ މިޖެޓުތައް ގަތުމުގެ ބޭނުމަކީ އިޒްރޭލުގެ ދިފާއީ ބާރު ވަރުގަދަކުރުމަށްކަމަށް އިޒްރޭލުންވަނީ ހާމަކޮށްފައެވެ.
އިޒްރޭލުން ޒާތްޒާތުގެ ހަތިޔާރުތައް ގަންނަމުންދާއިރު އިރާނާއި ފަލަސްތީނުން ހަތިޔާރު ގަތުމާއި ދެކޮޅަށް އިޒްރޭލުން އަބަދުވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އެހެން ގައުމަކުން ހަތިޔާރު ގަންނަން އުޅޭނަމަ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށް 'ގެއްލުންދެނިވި ހަތިޔާރު' ގަންނަނީކަމަށް ބުނެ އަޑު ފަތުރައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...